ދުނިޔެ

ސައޫދީގައި ޔޫރޭނިއަމް މުއްސަނދިކޮށް ވިއްކުމާ މެދު ގޮތެއް ނިންމަނީ

ސައޫދީ ހަކަތަ ވަޒީރު، އަބްދުލްއަޒީޒް ބިން ސަލްމާން -- ސައޫދީގައި ޔޫރޭނިއަމް މުއްސަނދިކޮށް ވިއްކުމާ މެދު ގޮތެއް ނިންމަނީ
0%
0%
0%

ސައޫދީ އަރަބިއްޔާގައި ޔޫރޭނިއަމް މުއްސަދިކޮށް ވިއްކުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ގައުމުގެ ހަކަތަ މިނިސްޓަރު އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ޔޫރޭނިއަމް އަކީ ރޭޑިއޯއެކްޓިވް މާއްދާ އެކެވެ. އާންމުކޮށް ބޭނުންކުރަނީ ނިއުކްލިއާ ރިއެކްޓަރުތަކުގަ އެވެ.

މިއީ ނިއުކްލިއާ އިންޖީނުގެތައް ހިންގުމަށް ބޭނުންކުރެވޭ މާއްދާ އެކެވެ. ނިއުކްލިއާ ހަތިޔާރު -- ނިއުކްލިއާ ބޮން އަދި ނިއުކްލިއާ ވޯހެޑް އުފެއްދުމަށް ވެސް ޔޫރޭނިއަމް ބޭނުންކުރެ އެވެ.

ބިން ސަލްމާން ވިދާޅުވި ގޮތުން ސައޫދީގައި ޔޫރޭނިއަމް އުފައްދާނީ ވިޔަފާރީގެ އުސޫލުން އަދި ނިއުކްލިއާ ރިއެކްޓަރުގައި ބޭނުންކުރެވޭ ފެންވަރަށެވެ. ދުނިޔެއަށް ނުރައްކާކޮށްފާނެ އެއްވެސް މާނައެއްގައި ޔޫރޭނިއަމް ބޭނުންނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވި ގޮތުން ޔޫރޭނިއަމް މުއްސަނދިކުރަން ފެށުމުގެ ކުރިން މައްސައްކަތަށް ކަނޑައަޅާ ހުރިހާ މަރުކަޒުތަކެއް، އިންޓަނޭޝަނަލް އެޓޮމިކް އޭނާޖީ އޭޖެންސީ (އައިއޭއީއޭ) އިން ބަލާ ފާސްކުރާނެ އެވެ.

އޭނާޖީ އޭޖެންސީގެ ބެލުމުގެ ދަށުން، ބަލާ ފާސްކުރުމަށް -- އެ އޭޖެންސީން ބޭނުން ވަގުތެއްގައި މަރުކަޒުތައް ހުޅުވާލާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910