މިނިސްޓްރީ އޮފް ހެލްތު

ފަޒީސް ހިޖާމާ ކްލިނިކް ރަޖިސްޓަރީކޮށްދީފި

ފަޒީލާ އޭނާގެ ކްލިނިކްގައި މަޑުކޮށްލައިގެން
0%
0%
0%

ފަޒީލާ އުސްމާންގެ "ފަޒީސް ހިޖާމާ ކްލިނިކް" އެންމެ ފަހުން ރަޖިސްޓަރީކޮށްދީފި އެވެ.

ފަޒީލާގެ ކްލިނިކް ހެލްތު މިނިސްޓްރީން ރަޖިސްޓަރީ ކޮށްދީފައި މިވަނީ އޭނާއާއި އިދާރާތަކާ ދެމެދު އެތައް ދުވަހަކު ކޯޅުންތަކެއް ހިނގާދިޔަ ފަހުންނެވެ.

ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ފަޒީލާ ބުނީ އޭނާގެ ކްލިނިކް ރަޖިސްޓަރީކޮށްދީފައިވީ ނަމަވެސް ހިދުމަތް ފެށުމަށް ބޭނުންވާ ލައިސަންސް އަދިވެސް ދީފައި ނުވާތީ ހިޖާމަ ޖެހުމުގެ ހިދުމަތް މިވަގުތު އަދި ދެވެން ނެތް ކަމަށެވެ.

ފަޒީލާ އިތުރަށް ބުނީ އޭނާ މިހާރު ގެންދަނީ ލައިސަންސް ހޯދުމުގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.

ފަޒީލާގެ ހިޖާމަ ކްލިނިކް ހުއްދަ ނުނަގައި ހިންގަމުންދާތީ ފުލުހުން މެދުވެރިކޮށް އެ ތަން ބަންދުކުރާނެ ކަމުގެ އިންޒާރުވެސް މީގެކުރިން ހެލްތު މިނިސްޓްރީން ދީފައިވެ އެވެ. އެ އިންޒާރާ ގުޅިގެން ފަޒީލާ ވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެތަން ބަންދުވެސް ކޮށްފަ އެވެ.

ފަޒީލާގެ ކްލިނިކް ހިންގުމަށް ހުއްދަ ދިން އިރު އޭނާ އޮތީ އެ ހުއްދަ ނުދީގެން ކޯޓަށް މައްސަލަވެސް ހުށަހަޅާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910