ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ޕޯލް: ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަަހަރުން ފެށިގެން މަނާކުރަން

ރައީސް ޑރ. މުހައްމަދު މުއިއްޒު
0%
0%
0%

ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ސޯޝަލް މީޑިއާ ޕޯލްގައި 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ފެންނަ ކަމަށް ގިނަ ބަޔަކަށް އެއްބަސްވެވިއްޖެ އެވެ.

ރައީސް މުއިއްޒުގެ ރަސްމީ "އެކްސް" އެކައުންޓުން މިމަހުގެ ތިންވަނަ ދުވަހު ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ ޖެނެރޭޝަނަލް ބޭން ކަނޑައެޅުމުގައި އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތައް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެ މަނިކުފާނު ހުށަހަޅުއްވާ ގޮތްތަކުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރެއްވުމަށް ޕޯލްގައި ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

ރައީސް މުއިއްޒު ހުށަހަޅުއްވާ ގޮތްތައް:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ރައީސްގެ "އެކްސް" ޕޯލްގެ ވަގުތު ހަމަވިއިރު 5،501 މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރެއިން 51.1 ޕަސެންޓު މީހުން ބުނެފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށެވެ.

އެކްސްގައި ކުރިއަށް ގެންދިޔަ ޕޯލްގައި ދެވަނަ އަށް އެންމެ ގިނަ މީހުން ބޭނުންވީ 2007 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ ވޯޓު ދިން މީހުންގެ 40.8 ޕަސަންޓެވެ. ދެހާސް ހަތަރުވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށް އެކްސްގައި ވޯޓު ދީފައިވަނީ 8.2 ޕަސެންޓް މީހުންނެވެ.

ފޭސްބުކް އަދި އިންސްޓަގްރާމުގައި ރައީސް ހުޅުވާލައްވާފައިވާ ޕޯލްގައިވެސް ގިނަ ބަޔަކު ބުނެފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910