މާލެ ސަރަހައްދުން ކޮންމެ ހޮނިހިރު ދުވަހަކުވެސް ޕާސްޕޯޓް ދޫކުރަން ނިންމައިފި އެވެ.
ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް މީގެކުރިން އެއީ ޕާސްޕޯޓް ދޫކުރާ ދުވަހެއް ނޫނެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ހޮނިހިރު ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހަކުވެސް މީގެފަހުން ޕާސްޕޯޓް ދޫކުރާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ހުޅުމާލޭގެ އޮފީސްތައް މިވަގުތު ގާއިމުކޮށްފައިވަނީ މާލެ، ހުޅުމާލެ ފޭސް އެކަކާއި ދޭއްގައެވެ.
ހޮނިހިރު ދުވަހު ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.