ސައުދީ އަަރަބިއްޔާ

ސައޫދީއާއި އެމެރިކާ ގުޅިގެން 600 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްއާ އެކު
0%
0%
0%

ސައުދި އަރަބިއްޔާއިން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާއާއެކު 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާ އެކު ވިޔަފާރި ފުޅާކުރުމަށް ނިންމައިފި އެވެ.

މި ނިންމުމަކީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ބޭއްވުނު ފޯނު މަޝްވަރާއަށްފަހު ވެވުނު އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި މަޝްވަރާގައި، މެދުއިރުމަތީގައި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުންވެސް ވާހަކަދެކެވުނު ކަމަށް މައުލޫމާތު ލިބެ އެވެ.

ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ސައުދީން ކުރާ 600 ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓްގައި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކާއި ތަކެތި ގަތުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި މަޝްރޫއަކީ ސައުދި އަރަބިއްޔާގެ "ވިޝަން 2030"އާ އެއްގޮތްވާ ގޮތުގެ މަތިން، ތެލަށް ބަރޯސާވުން ކުޑަކޮށް، އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، އާ ސިނާއަތްތައް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއެކު

އިންވެސްޓްމަންޓްގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، ފާހަގަކޮށްލެވޭ ކަމަކީ، ޓްރަމްޕްގެ ފުރަތަމަ ދައުރުގައި (2017-2021) އޭނާގެ ފުރަތަމަ ބޭރު ދަތުރު ކުރެއްވީ ސަޢޫދީ ޢަރަބިއްޔާއަށް ކަމެވެ. މިކަމުން ދޭހަވަނީ ޓްރަމްޕާއި ސައޫދީއާ ދެމެދު އޮތް ގުޅުން ވަރަށް ބަދަހި ކަމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910