ދުނިޔެ

ޗައިނާގެ އޭއައި އިންޖީން، ޑީޕްސީކާ ހެދި ނަސްދަގު ބިރުގެންފި

0%
50%
50%

ޗައިނާއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މާކެޓަށް "ޑީޕްސީކް" ގޮވައިގެން ވަދެގަނެ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްގެ ނަސްދަގު ބިރުގަންނުވައިފި އެވެ.

ޑީޕްސީކް އަކީ ޗެޓްޖީޕީޓީ ފަދަ ޗެޓްބޮޓެކެވެ. ނަމަވެސް ވާދަވެރިންނާ ޚިލާފަށް ޗައިނާއިން މި ޚިދުމަތްދެނީ މާލީ ބޭނުމެއް ނެތި މުޅިން ހިލެ އެވެ.

ޗައިނާގެ ޑީޕްސީކް ފާމުން ހަމަ މި ނަމުގައި ޗެޓްބޮޓެއް ތައާރަފުކުރުމާ ގުޅިގެން ދުނިޔޭގެ ޓެކް ސްޓޮކް ވަނީ ތިން ޕަސެންޓް ދަށްވެފަ އެވެ. މިހެންކަމުން އޭއީ ސިނާއަތުގައި ނަގާކިޔާ އެމެރިކާގެ ކުންފުނިތަކަށް މިވަނީ ދެން އޮތް ގޮތް ވިސްނަން ޖެހިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑީޕްސީކް ތައާރުރުކުރާ ގުޅިގެން އެންވީޑިއާ، ޓެސްލާ، އެމެޒޯން، މެޓޯ އަދި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގެ ހިއްސާ ބާޒާރަށް ވެސް ވަނީ ލޮޅުންއަރާފަ އެވެ.

ޑީޕްސީކްއާ ބެހޭ ގޮތުން ބުނެވެނީ މިއީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީއަށް ވުރެ ސްޕީޑް ބާރު އަދި ޕްރޮސެސިން ޕަވަރު ދަށް އާތިފިޝަލް އިންޖީނެއް ކަމަށެވެ. ޗެޓްޖީޕީޓީއަށް ބޭނުންވާ ވަރުގެ ބާރުގަދަ ޕްރޮސެސިން ޕަވަރު ޑީޕްސީކަށް ބޭނުންނުވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޑީޕްސީކްގެ ސަބަބުން އެންވީޑިއާ ކަހަލަ ބާޜުގަދަ ގްރެފިކްސް ކާޑު އުފައްދާ ކުންފުނިތަކަށް ވެސް ގެއްލުން ވާނެ އެވެ. އަދި އިންޓެލް އާއި އާމް ފަދަ މައިކްރޮޗިޕް އުފައްދާ ކުންފުނިތަކަށް ވެސް ގެއްލުންވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678