ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 6،800 އަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 178،151 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެވަރެޖްކޮށް ދުވާލަކު 6،852 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހަކީ މި އަހަރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ. އެ ދުވަހު 9،199 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 25،106 ފަތުރުވެރިން
- ރަޝިއާ - 19،367 ފަތުރުވެރިން
- އިޓަލީ - 17،660 ފަތުރުވެރިން
- އިނގިރޭސިވިލާތް - 15،719 ފަތުރުވެރިން
- ޖަރުމަނު - 10،442 ފަތުރުވެރިން
- އިންޑިއާ - 8،529 ފަތުރުވެރިން
- ފްރާންސް - 5،974 ފަތުރުވެރިން
- އެމެރިކާ - 5،582 ފަތުރުވެރިން
- ޕޮލެންޑް - 3،754 ފަތުރުވެރިން
- ދެކުނު ކޮރެއާ - 3،286 ފަތުރުވެރިން
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.3 ޕަސެންޓް -- 123،531 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 25.8 ޕަސެންޓް -- 45،821 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.
މީގެ އިތުރުން ހޮޓާތަކުގައި 4،380 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 4،354 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.