ނޭމާ

އަލް ހިލާލްއިން ނޭމާގެ އެއްބަސްވުން އުވާލައިފި

ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، އަލް ހިލާލް އިން ވަނީ އޭނާ އާއެކު ހަދާފައިވާ އެއްބަަސްވުން އުވާލާފައި
0%
0%
0%

އަލް ހިލާލް އާއި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާއާ ދެމެދު އޮތް އެއްބަސްވުން އުވާލައިފި އެވެ.

ސައުދީ އަރަބިއާގެ އަލް ހިލާލް ކުލަބުން މިއަދު ހާމަކުރި ގޮތުގައި، އެ ކުލަބަށް ކުޅެމުން އައި ބްރެޒިލްގެ ކުޅުންތެރިޔާ ނޭމާއާ އެކު ވެފައިވާ އެއްބަސްވުން ދެފަރާތުން އެއްބަސްވެގެން އުވާލާފައިވާ ކަމަށެވެ.

އުމުރުން 32 އަހަރުގެ ނޭމާ، އަލް ހިލާލްއާ ގުޅިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހު 98 މިލިއަން ޑޮލަރަށެވެ. ނަމަވެސް ކަކުލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން އޭނާއަށް މިހާތަނަށް އެ ކުލަބަށް ކުޅެވިފައިވަނީ އެންމެ ހަތް މެޗެވެ.

އަނިޔާ ލިބުނީ 2023 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެމުން ދަނިކޮށެވެ.

ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ނޭމާގެ މިހާރުގެ އަމާޒަކީ އޭނާގެ ކުޑައިރުގެ ކުލަބު ސެންޓޯސްއަށް އެނބުރި ދިއުމެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް 79 ގޯލު ކާމިޔާބުކޮށްދީފައިވާ ނޭމާ، 2013 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން ކުޅެމުން އައީ ސެންޓޯސް އަށެވެ.

އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އަގެއްގައި ބަދަލުވި ކުޅުންތެރިޔާގެ ރެކޯޑު އަދިވެސް ހިފަހައްޓާފައިވާ ނޭމާ، 2017 ވަނަ އަހަރު ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވެފައިވަނީ 222 މިލިއަން ޔޫރޯގެ އަގަކަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910