ސައުދީ އަަރަބިއްޔާ

ވިނީޝިއަސް ގަތުމަށް ސައުދީން ބޮޑު އަގެއް ހުށަހަޅައިފި

0%
0%
0%

ރެއާލް މެޑްރިޑްގެ ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ގަތުމަށް ސައުދީ ޕްރޯ ލީގުން އެއް ބިލިއަން ޔޫރޯގެ ބޮޑު ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

މި ހުށަހެޅުމުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަށް ވިނީޝިއަސްއަށް މި ފައިސާ ލިބޭނެ އެވެ.

އުމުރުން 24 އަހަރުގެ ބްރެޒިލް ކުޅުންތެރިޔާގެ މިހާރުގެ ކޮންޓްރެކްޓް ހަމަވާނީ 2027 ވަނަ އަހަރު އެވެ.

އޭނާ ދޫކޮށްލަން ބޭނުންވާ ކުލަބަކުން މަދުވެގެން 300 މިލިއަން ޔޫރޯ ދައްކަން ޖެހޭނެ އެވެ. އެކަމަކު ވިނީޝިއަސް ވިއްކާލުމަކީ ރެއާލް މެޑްރިޑްގެ ވިސްނުމެއް ނޫން ކަމަށްވެ އެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮޓީ ވިދާޅުވި ގޮތުގައި ބޮޑު އަގެއް ލިބިގެން ވިނީޝިއަސް ދާން ނިންމިޔަސް އެއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. މިހާރު ގިނަ ކުޅުންތެރިން ސައުދީ ލީގަށް ދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިވަގުތު ވިނީޝިއަސް އަކީ ވަރަށް އުފަލުން ހުރި ކުޅުންތެރިއެއް. އަދި ރެއާލް މެޑްރިޑާއެކު އިތުރު ކާމިޔާބީތަކެއް ހޯދަން ބޭނުންވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން،" އެންޗެލޮޓީ ވިދާޅުވި އެވެ.

ދާދިފަހުން ފީފާގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ވިނީޝިއަސްއަކީ މިވަގުތު ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ސައުދީ ލީގުގައި މިހާރުވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ ފަދަ މަޝްހޫރު ތަރިން ކުޅެމުން ގެންދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910