ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ ނުލައި އަލްނަސްރަށް މޮޅެއް ނުވެވުނު

ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
0%
0%
0%

އޭޝިއަން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އިރާނުގެ އިސްތިގުލާލްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އަލް ނަސްރުގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، މި މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.

އަލް ނަސްރުން ބުނިގޮތުގައި ރޮނާލްޑޯ ނުގެންދަން ނިންމީ 2023 ވަނަ އަހަރު އިރާނަށް ކުރި ދަތުރުގައި ދިމާވި ހާދިސާއަކާ ގުޅިގެންނެވެ.

އިރާނުގެ ޕާސޯ ޕޮލިސްއާ ދެކޮޅަށް ކުޅެން އެ އަހަރު ކުރި ދަތުރުގައި އަލް ނަސްރު ޓީމު ތިބި ހޮޓަލުގައި، އިރާނުގެ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުރެހުންތެރިއެއް ކަމަށްވާ ފާތިމާ ހަމާމީ ނަސްރަބާދީއާ، ރޮނާލްޑޯއާ ބައްދަލުކުރި އެވެ.

ޕްރޮމޯޝަނަލް އިވެންޓެއްގައި ރޮނާލްޑޯ ވަނީ ނަސްރަބާދީގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު، ބައްދާލާފަ އެވެ. ނަސްރަބާދީ އަކީ އާއްމުކޮށް އޭނާގެ ފައި ބޭނުންކޮށްގެން ފުޓްބޯޅަ ކުޅުންތެރިންގެ ފޮޓޯ ކުރަހައި އުޅޭ އާޓިސްޓެކެވެ.

އިރާނުގެ ގާނޫނުގައިވާ ގޮތުން ރޮނާލްޑޯގެ މި އަމަލަކީ 99 އެތިފަހަރުން ދުއްރައިން ތަޅައި އަދަބުދެވިދާނެ އަމަލެކެވެ. ގާނޫނު ތަންފީޒުކުރުމުގެ ބިރު އޮތުމުން މި މެޗަށް ރޮނާލްޑޯ ޓީމުން އުނިކުރީ ކަމަށް އަލް ނަސްރުން ބުނެފައިވެ އެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު ސައުދީ ގައެވެ. މި މެޗުގައި ރޮނާލްޑޯ ކުޅޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910