މަހިންދަ ރާޖަޕަކްސާ

ކަފާލާތުގެ ދަށުން ރާޖަޕަކްސަގެ ދަރިފުޅު ދޫކޮށްލައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝިތަ ރާޖަޕަކްސާ
0%
0%
0%

ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދެވަނަ ދަރިކަލުން، ޔޮޝިތަ ރާޖަޕަކްސާ މިއަދު ހެނދުނު ކޮލޮމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ނިންމައިފި އެވެ.

މެޖިސްޓްރޭޓް މަންޖުލާ ރަތްނާޔަކާ ވަނީ ދިގު އަޑުއެހުމަކަށްފަހު 50 މިލިއަން ރުޕީސްގެ އަދަދަށްވާ ފައިސާ ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް އަމުރުކުރައްވާފަ އެވެ. މީގެއިތުރުން ޔޮޝިތާގެ މައްޗަށް ބޭރަށް ދަތުރުކުރުން މަނާކުރުމުގެ އަމުރެއްވެސް ނެރުނެވެ.

ކޮންމެ މަހެއްގެ އެންމެ ފަހު އާދިއްތަ ދުވަހު ސްރީލަންކާ ޕޮލިސް ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަނަށް ހާޒިރުވުމަށާއި، މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވުމުން ދުރުހެލިވުމަށްވެސް އަމުރުކުރެވުނެވެ.

ޔޮޝިތަ ރާޖަޕަކްސާ ހައްޔަރުކުރީ މަނީ ލޯންޑާ ކުރާ ކަމުގެ ތުހުމަތުގައި މިމަހުގެ 25 ވަނަ ދުވަހު އެގައުމުގެ ބެލިއަޓާ ސަރަހައްދުންނެވެ. އެއީ 34 މިލިއަން ރުޕީސްގެ ބިމެއްގެ މައްސަލައެއްގައެވެ.

ޔޮޝިތާ ވަނީ 2016 ވަނަ އަހަރުވެސް މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެއީ ޓީވީ ނެޓްވޯކެއް ގަތުމަށް ފައިސާ ހޯދި ގޮތް ސާފުކޮށްނުދީގެންނެވެ. ކުރީގެ މައްސަލަ އާއި މިހާރު ހައްޔަރުކުރި މައްސަލަވެސް ކޯޓުގައި ކުރިއަށްދާ ގޮތެއް ނުވި އެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔޮޝިތާގެ ދޮށީ ބޭބެ ނަމާލްގެ މައްޗަށްވެސް މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލާފައިވާއިރު، އެ ދައުވާތައް އަދި ޝަރީއަތާ ހިސާބަކަށް ނުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345