އެމްއެމްއޭ

އިތުރު ތިން ފަރާތަކުން ފަވަރަގެ ހިދުމަތް ދޭން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ހިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން މިއަދު ބައިވެރިވެއްޖެ އެވެ.

ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭން ފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް)ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) އެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ.

އެމްއެމްއޭ އިން ބުނީ މި ތިން ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގެ މަރުހަލާވެސް ފުރިހަމަ ކޮށްފައި ކަމަށެވެ.

ސިސްޓަމާ ގުޅުމާއިއެކު މި ތިން ފަރާތުގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ހިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ އެވެ.

ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގެ ހިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ބައިވެރިވެފައެވެ. މިއާއިއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ކުރިއަށް އޮތް ތަނުގައި ޕޭމަންޓް ހިދުމަތްދޭ އެހެނިހެން ފަރާތްތަކުންވެސް ސިސްޓަމާ ގުޅުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678