މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފިލައިގެން އުޅޭ ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މި ރެއިޑް ކުރިއަށް ގެންދިޔައީ ގަވައިދާ ހިލާފަށް އުޅޭ މީހުންގެ މައުލޫމާތު ރިޕޯޓް ކުރުމަށް އެ އިދާރާ އިން ހަދާފައިވާ ޕޯޓަލް -- އިމިގްރޭޝަން ވޮޗް އަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
އިމިގްރޭޝަނުން ބަލައި ފާސްކުރި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ބިދޭސީ މީހާ ފިލައިގެން އުޅޭ ތަން ކަމަށްވާތީ އެ ތަން ބެލިއިރު އެ މީހާ އެތަނުގައި ހުރި ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރިއަށް ގެންދިޔަ ރެއިޑްތަކުގައި އެތައް ބަޔަކު އަތުލައިގަނެ 5،400 އެއްހާ މީހުން މިހާރު ވަނީ ޑިޕޯޓްކޮށްލާފަ އެވެ.