އިސްލާމިކް ސްޓޭޓް

އައިއެސްގެ ހަމަލާތަކެއްގައި ސީރިޔާގެ ސިފައިންތަކެއް މަރުވެއްޖެ

އައިއެސްގެ އާ ހަމަލާތަކެއްގައި ސީރިޔާގެ 26 ސިފައިން މަރުވެއްޖެ ކަމަށް ސީރިޔާގެ ހަނގުރާމަ މޮނިޓާ ކުރަމުން އަންނަ ޖަމިއްޔާއަކުން ބުނެފި އެވެ.

އެ ޖަމާއަތުން ބުނީ އައިއެސް އިން ހިސޯރުކޮށްގެން އުޅޭ ސަރަހައްދެއް ކައިރީ ހިނގި ކުރިމަތިލުމެއްގައި މަދުވެގެން ސީރިޔާ ސިފައިންގެ 26 މީހަކު މަރުވެފައިވާ ކަމަށެވެ. އިނގެރޭސި ވިލާތުގެ އެ ޖަމިއްޔާއިން ބުނީ އެ ކުރިމަތިލުންތައް އައީ އިއްޔެ ކަމަށާއި މަރުވި ސިފައިންގެ ސީދާ އަދަދު މުޅިން ކަށަވަރު ނުވާ ކަމަށެވެ.

މި ކުރިމަތި ލުމާއި ގުޅިގެން އެއްވެސް އޮފިޝަލަކު ރަސްމީ ސްޓޭޓްމެންޓެއް ދެއްވާފައެއް ނުވެ އެވެ.

ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ އިން ރިޕޯޓު ކޮށްފައިވަނީ އެލައިޑް ކޯލިޝަން ނުވަތަ އައި އެސްއާއި ދެކޮޅަށް ހަނގުރާމަ ކުރަން އުފެއްދި މިލިޓެރީ ކޯލިޝަނުން ދުވަސްކޮޅެއް ވަންދެން ވަކި ވަކި ސަރަހައްދުތަކަށް ހަމަލާ ދީފައިވާ ކަމަށެވެ.