ޔޫއެން

ސީރިޔާގެ ސުލްހައިގެ ވާހަކަތައް މެދު ކަނޑާލައިފި

މި ހަފްތާގައި ފެށި ސީރިޔާގެ ސުލްހައިގެ ވާހަކަތައް މިމަހުގެ 25 އާއި ހަމައަށް މެދުކަނޑާލައިފި އެވެ.

ޔޫއެންގެ ސްޕެޝަލް އެންވޯއީ ފޯ ސީރިޔާއިން އިއްޔެ ވިދާޅުވީ ވާހަކަތައް މެދުކަނޑާލާފައިވީ ނަމަވެސް މިއީ ވާހަކަތަކުގެ ނިމުމެއް ނޫން ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުވެސް އދ. އިން ސީރިޔާ އާއެކު ސުލްހައިގެ ވާހަކަތައް ފަށައި ފުރަތަމަ ދެ ބުރަށްފަހު މި ވާހަކަތައް ވަނީ ހުއްޓިފައި އެވެ.

ސުލްހައިގެ ވާހަކަތައް މެދުކެނޑުނީ ކުރެވުނު މަޝްވަރާތަކުގައި ތުރުކީ އާއި ގަތަރު އަދި ސީރިޔާގެ ވަފުދާ ދެމެދު ދެބަސްވުންތައް އުފެއްދުމުން ކަމަށް އެ އެންވޯއީ ވިދާޅުވި އެވެ.

އެވަފުދުން ބުނީ އެގައުމުގެ ސަރުކާރުން އާއްމުންނަށް ބޮމުގެ ހަމަލާދީ ބަނޑަށް ޖައްސަމުންދާ ކަމަށާ އެގައުމުގެ ހާލަތު ރަނގަޅު ނުވަނީސް ސުލްހައިގެ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށެވެ. ސުލްހައިގެ ވާހަކަތަކުގައި 70 ގައުމަކުން ބައިވެރިވެ އެވެ.

ސީރިޔާގައި ކުރިއަށް ގެންދާ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 250،000 މީހުން މަރުވެ އެތައް ބަޔަކު ވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.