ޓެރަރިޒަމް

އައިއެސްއަށް ފައިސާ ފޮނުވި ކުޑަކުއްޖަކަށް އޮސްޓްރޭލިޔާގައި ދައުވާ އުފުލައިފި

އައިއެސް ޖަމާއަތަށް ފައިސާ ފޮނުވި ކަމަށްބުނެ އޮސްޓްރޭލިއާގެ ސިޑްނީގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ. ސްކޫލްގައި ކިޔަވަމުން އަންނަ މި ކުއްޖާގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މި ކުއްޖާގެ އިތުރުން 20 އަހަރުގެ ފިރިހެނެއްގެ މައްޗަށް ވެސް އެ ދައުވާ އުފުލާފައި ވެއެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކައުންޓާ ޓެރަރިޒަމް ރެއިޑް ކުރި އިރު ހައްޔަރުކޮށްފައިވާ މީހެކެވެ.

ދައުވާ އުފުލާފައިވާ އަންހެން ކުއްޖާގެ އުމުރުގެ ގޮތުން ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ޓެރަރިޒަމާ ބެހޭގޮތުން ސްކޫލް ކުދިން އަދި ފުރާވަރުގެ އަންހެން ކުދިންނަށް އެންމެ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދެވޭނަމަ މިފަދަ ހިތާމަވެރި ކަންތައްތަކެއް ނުހިނގާނެ،" ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެ އެވެ.