ޑރ. މުހައްމަދު މުއިއްޒު

އައްޑޫ ބްރިޖުގެ ޓެކްނިކަލް މަސައްކަތަށް މި މަހު އިއުލާނު ކުރަނީ

އައްޑޫ ސިޓީ
0%
100%
0%

އައްޑޫ ބްރިޖު މަޝްރޫއު އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އާއި އިންޖިނިއަރިން ޑިޒައިން ކުރާނެ ބަޔަކު ހޯދައި ޓެކްނިކަލް މަސައްކަތްކުރާނެ ބަޔަކު ހޯދަން މި މަހު އިއުލާނު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމްލަ 1،043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އަހަރު ކުރިއަށްދާނެ ކަމަށެވެ.

އެ ގޮތުން އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އައްޑޫއަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫއުގެ މަސައްކަތް ނިމި އޭގެ ފަސޭހަ މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910