ދުނިޔެ

ފަލަސްތީންގެ ދައުލަތަކީ ބިލާހެއް، ފަލަސްތީނަށް ދައުލަތެއް ގާއިމުކުރަން ފެންނަނީ ސައޫދީގައި: ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކަނާތުގައި) އަދި ބެންޖަމިން ނަތަންޔާހޫ -- ފަލަސްތީނަށް ދައުލަތެއް ގާއިމުކުރަން ފެންނަނީ ސައޫދީގައި ކަމަށް ނަތަންޔާހޫ ވިދާޅުވި
0%
100%
0%

ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ބިލާހެއް -- އަސްލެއް، ހަގީގަތެއް ނުވާ ކަމެއް ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ވިދާޅުވީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތުގައި ފަލަސްތީނަށް މިނިވަން ދައުލަތެއް އޮންނަން ޖެހޭ ކަމަށް ބުނާ މީހުން ވަކާލާތުކުރަންވީ ސައޫދީގައި އެ ދައުލަތް ގާއިމުކުރުމަށް ކަމަށެވެ.

ސައޫދީގައި ހުސް ބިން ވަރަށް ބޮޑު ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. ފަލަސްތީނަށް ފުދިފައި އިތުރުވާ ވަރަށް ވުރެވެސް ބިންތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީން މީހުން ބަލަންވީ އެ މީހުންގެ އުފަން ބިން ދޫކޮށް ގޮސް ސައޫދީގައި ވަޒަންވެރިވެވޭތޯ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ނެތް ހާލަތުގައި ސައޫދީއާ އެކު އިޒުރޭލަށް ގުޅުން ބަދަހިކުރެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ނަތަންޔާހޫ ވިދާޅުވީ ފަލަސްތީން މިހާރު އޮތް ބިމުގައި ރައްޔިތުން އާބާދުވާން ދޫކޮށްލުމަކީ އިޒުރޭލުގެ ގައުމީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

ސައޫދީއާ އެކު ގުޅުން ބަދަހިކުރުމަށްޓަކައި އިޒުރޭލުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ދޫކޮށްނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

އިޒުރޭލާ އެކު ގުޅުން ބަދަހިކުރަން ސައޫދީން ހުށަހަޅާފައި އޮތް ޝަރުތަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ކަށަވަރުވުމެވެ.

ސައޫދީގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މި ބުނުން ތަކުރާރުކޮށް ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެ ނޫން ހާލަތެއްގައި އިޒުރޭލާ ގުޅުން ބަދަހިނުކުރާނެ ކަމަށް ވެސް ސައޫދީ ޚާރިޖީ ވުަޒާރާއިން ވަނީ ބުނެފަ އެވެ.

ނަމަވެސް، ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ސައުދީއާ އެކު ގުޅުން ބަދަހިކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެކަން މިހާރު އޮތީ ޚިޔާލެއް ގޮތުގައި ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ. އެއީ މަޝްވަރާކޮށް ނިމިފައި އޮތް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބެންޖަމިން ނަތަންޔާހޫ މިހާރު ހުންނެވީ އެމެރިކާގައި -- ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ރަސްމީ ދައުވަތެއްގައި ވޮޝިންގްޓަންގަ އެވެ. އޭނާ ނޫސްވެރިންނާ ބައްދަލުކުރެއްވީ ޓްރަމްޕްގެ އަރިހުގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގަ އެވެ.

މި ބައްދަލުވުމުގައި ޓްރަމްޕް ވެސް ވަނީ ޣައްޒާއިން މީހުން ބާލާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިސްރާއި އުރުދުންގައި ފަލަސްތީން މީހުން ވަޒަންވެރިވާން ފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް ގެކެވަޑައިގަންނަވާ ގޮތުގައި ޣައްޒާގައި ފަލަސްތީން މީހުން އަލުން އާބާދުވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ޣައްޒާ ހުސްކޮށް އެމެރިކާގެ ބާރު ހިނގާ ބިމެއް ކަމަށް ހައްދަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910