ރަހީނު ކުރުން

އައްޑޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި

ފުލުހުން އޮޕަރޭޝަނެއްގައި ހަރަކާތެއް ވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކުރި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 1:35 ހާއިރު މީހަކު ރަހީނުކޮށްފައި ހުއްޓާ ފުލުހުންނަށް ފެނުނީ ހިތަދޫ، މިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔަ ތަނާ ބަޔަކު އެތަނުން ނިކުމެގެން ދުވެފައި ގޮސް ފިލީ ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މީހާ ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ވަދެ ބެލިއިރު އެ މީހާ ހުރީ ޖޯއްޔެއްގައި ބަނދެފައި ކަމަށާއި އޭނާގެ ބޮލުން ބައެއް ބާލައި، އަނިޔާ ކޮށްފައިވާކަން އެނގުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

މައްސަލައިގެ ތުހުމަތުގައި ކުށުގެ ވެށިން 4 މީހަކާއި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވެ އެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ މީހާ ރަހީނުކޮށްފައި ހުރި ވަކި ސަބަބެއް ފުލުހުން ބނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910