އައްޑޫ ސިޓީ

އައްޑޫގައި މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

0%
0%
0%

އައްޑޫ ސިޓީގެ ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނީ އިއްޔެ ރޭ ދަންވަރު 1:35 ހާއިރު މީހަކު ރަހީނުކޮށްފައި ހުއްޓާ ފުލުހުންނަށް ފެނުނީ ހިތަދޫ، މައިލޯ ދަނޑު ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް ކަމަށެވެ.

ފުލުހުން އެ ސަރަހައްދަށް ދިޔަ ތަނާ ބަޔަކު އެތަނުން ނިކުމެގެން ދުވެފައި ގޮސް ފިލީ ކަމަށް ފުލުހުން ބުންޏެވެ.

ރަހީނުކޮށް އަނިޔާކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މީހާ ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ވަދެ ބެލިއިރު އެ މީހާ ހުރީ ޖޯއްޔެއްގައި ބަނދެފައި ކަމަށާއި އޭނާގެ ބޮލުން ބައެއް ބާލައި، އަނިޔާ ކޮށްފައިވާކަން އެނގުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި މީހުން

  • • ސަމާހް ތައުފީޤް (20އ) / ވިޝަންޑްރީމް، ސ. ހިތަދޫ
  • • މުޙައްމަދު ޔައީޝް އާޒާދު (19އ) / ގްރޭސް، ސ. ހިތަދޫ
  • • އަޝްރަފު މުހައްމަދު (22އ) / ނޫތަރި، ސ. ހިތަދޫ
  • • އަލޯ މާޒިން ހަސަން (20އ) / މެރީގާޑަން، ސ. ހިތަދޫ

މިމައްސަލައިގައި ކުޑަކުއްޖަކު ވެސް ހައްޔަރުކުރި އެވެ. އެއީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ މީހާ ރަހީނުކޮށްފައި ހުރި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345