ދުނިޔެ

ބްރަސެލްސްގެ ގޮއްވުންތަކުގައި 10 މީހުން މަރުވެ، އެތައްބަޔަކު ޒަހަމްވެއްޖެ

ބެލްޖިއަމްގެ ވެރި ރަށް ބްރަސެލްސްގެ އެއާޕޯޓާއި ދެ ބޮން ގޮއްވާލައި 10 މީހަކު މަރުވެ ގިނަ ބަޔަކު ޒަަހަމްވެއްޖެ އެވެ.

ގޮއްވުންތަކުގައި މަރުވި މީހުންގެ އަދަދު މައްޗަށް ހިނގައިދާނެ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ މީގެ އިތުރުން އޮފިޝަލުން ވިދާޅުވެފައި ވަނީ ގޮއްވުންތަކުގައި 30 ހަކަށް މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ބޮން ގޮވި ހާދިސާގެ މަންޒަރު ދުށް ބައެއް މީހުން ވަނީ ނޫސްވެރިންނަށް މަންޒަރުތައް ސިފަ ކޮށްދީފައެވެ. އެފަދަ ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ ވިއްސަށް ވުރެ ގިން މީހުން އަށިގަނޑުގައި އުފުލި ކަމަށާއި މުޅި ތަން ދުމުން ފުރިފައި އޮތް އިރު އެއާޕޯޓުން ނުކުމެ ސަލާމަތްވުމަށް 200 އަށް ވުރެ ގިނަ މީހުން އެއްފަހަރާ ދުވަމުންދިޔަ ކަމަށެވެ.

މީގެ އިތުރުން މެޓްރޯ ސްޓޭޝަނުގައ ގޮވި ބޮމުގައި، އެތަކެއް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ބްރަސެލްސްގައި ހިނގި މި ހާދިސާއާއި ގުޅިގެން، އެއާޕޯޓު އަދި މެޓްރޯ ރެއިލްވޭ ވަނީ މުޅިން ބަންދުކޮށްފައެވެ. އަދި ބެލޖިއަމްގެ ކްރައިސިސް ސެންޓަރުންވަނީ އާންމުން އެއްވެސް ތަނަކަށް ނުގޮސް ތިބި ތަނެއްގައި މަޑު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.