ދުނިޔެ

ޕޫޓިން - ޓްރަމްޕް ސަމިޓަށް ސައޫދީން މަރުހަބާ ކިޔައިފި

(ކަނާތުން ވާތަށް) ޕޫޓިން، މުހައްމަދި ބިން ސަލްމާން އަދި ޓްރަމްޕް -- ޓްރަމްޕާއި ޕޫޓިން ބައްދަލުކުރެއްވުމަކީ މި ވަގުތަށް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށް ސައޫދީން ވަނީ ބުނެފައި
0%
0%
0%

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ދެމެދު ފޯނުން ކުރެވުނު މަޝްވަރާ އަކީ މިވަގުތަށް ކޮންމެހެން ވެސް ބޭނުންޖެހިފައި އޮތް މުއާމަލާތްތަކެއްގެ ފެށުން ކަމަށް ސައޫދީ އަަރަބިއްޔާއިން ބުނެފި އެވެ.

ޔުކްރޭން މައްސަލަ ފިނިކުރުމަށް ޓްރަމްޕާއި، ޕޫޓިންގެ މަޝްވަރާ ސަމިޓެއް ސައޫދީގައި ބޭއްވުމަށް ތައްޔާރު ކަމަށްވެސް ރިޔާޒުން ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕާއި ޕޫޓިންއާ ދެމެދު މިދިޔަ ބުދަދުވަހު ދިގު -- 90 މިނެޓުގެ ފޯނުކޯލެއް ކުރެވުނެވެ. މި ފޯނުކޯލުގެ މައިގަޑު އަމާޒަކީ ޔުކްރޭން ހަނގުރާމަ އާއި ރަޝިއާ އާއި އެމެރިކާއާ ދެމެދު ހަތިޔާރު ކޮންޓްރޯލްކުރުމެވެ.

ޔުކްރޭން ހަނގުރާމަ 2022 ގައި ފެށި ފަހުން އެމެރިކާ އާއި ރަޝިއާއާ ދެމެދު ރަސްމީ، ސީރިއަސް ވާހަތަކެއް ނުދައްކަ އެވެ. އަދި އަމުދުން ޖޯ ބައިޑަންއާ ޕޫޓިންއާ ދެމެދު އެއްވެސް މަޝްވަރާއެއް ނުކުރެވެ އެވެ.

ޕޫޓިން ވިދާޅުވި ގޮތުން ޔުކްރޭނާ ހެދި ފެށިފައި އޮތް ނުތަނަވަސްކަމާ މެދު މަޝްވަރާކުރަން އެމެރިކާއިން -- ބައިޑަން ސަރުކާރުން ބޭނުންނުވީ އެވެ.

ޓްރަމްޕާއި ޕޫޓިންގެ ވާހަކަތަކަށް ފަހު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، ސައޫދީ އަރަބިއްޔާގައި ޕޫޓިންއާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމައާ މެދު ގޮތެއް ނިންމާނީ ސައޫދީ ސަމިޓަށް ފަހު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕާއި ޕޫޓިން ސައޫދީގައި ބައްދަލުކުރެއްވުމުގެ ކުރިން ދެ ގައުމުގެ އޮފިޝަލުން ޖަރުމަނުގެ މިއުނިކްގައި ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުވުންތަކަށް ޔުކްރޭނަށް ވެސް ދައުވަތުދޭނެ އެވެ.

ރަޝިއާ އާއި ޔުކްރޭން މަސަލަސްކުރުމަށް ހަނގުރާމަ ފެށުނީއްސުރެ ތުރުކީ އާއި ސައޫދީ އަރަބިއްޔާއިން ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް، މި މަސައްކަތްތައް ކޮޅެއްގައި ނުޖެހި ކޮންމެ ފަހަރަކު ވަނީ ފޭލިވެފަ އެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދިޔަ މައިގަނޑު ސަބަބަކީ އެމެރިކާ އާއި ޔޫރަޕުން ހަނގުރާމަ ހުއްޓާލަން ބޭނުންނުވުމެވެ. އަދި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޔުކްރޭނަށް ހިތްވަރުދިނުމެވެ. މި ގޮތުން ޒަމާނީ ހަތިޔާރާއި އަސްކަރީ އިރުޝާދު ދިނުމަށް އެމެރިކާގެ އޮފިޝަލުން ޔުކްރޭނަށް ދަތުރުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910