އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ފޯނުން މަޝްވަރާތަކެއް ކުރައްަވައި، ވާހަކަތަކެއް ދައްކަވައިފި އެވެ. މި ވާހަކަތަކުގެ ތަފުސީލު މީޑިއާއަށް އަދި މުޅިން ހާމައެއް ނުކުރެ އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން، ދެ ލީޑަރުން ފޯނުން މަޝްވަރާކުރެއްވި ނަމަވެސް، އެކަކު އަނެކަކަށް އިތުބާރުކުރައްވާކަން ހާމަވި އެވެ.
ދެ ރައީސުންގެ ދެމެދުގައި ހަރުދަނާ ގުޅުމެއް އޮތް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމަ ހުއްޓާލެވެން ހުރި ގޮތްތައް ކަރުދާހަށް ތިލަކުރުމަށް ކުރެއްވި މަޝްވަރާތަކުގައި، ދެ ފަރާތުން ވެސް ލުއިތަކެއް ދެއްވި އެވެ.
ޕޫޓިން އާއި ޓްރަމްޕް ކުރެއްވި މަޝްވަރާތަކަށް ފަަހު، ޔުކްރޭންގެ ހަކަތައާ ގުޅުން ހުރި ސިނާއީ އެއްވެސް ބިނާއަކަށް ހަމަލާނުދިނުމަށް ޕޫޓިން ނިންމަވާފައިވާ ކަމަށް ޕެސްކޯފް ވިދާޅުވި އެވެ.
ރަޝިއާ ކޮޅުން ލުއިތަކެއް ދިން ނަމަވެސް، ޔުކްރޭންގެ ފަރާތުން ފެންނަނީ އަނިޔާވެރިކަން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ޕެސްކޯފް ވިދާޅުވި ގޮތުން އެމެރިކާ އާއި ރަޝިއާގެ ގުޅުން ހަރުދަނާކުރުމަށް ދެ ރައީސުން އިސްކަން ދެއްވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ރައީސުންގެ މަޝްވަރާތައް އިތުރުވަމުން ދާނެ ކަމަށްވެެސް ވިދާޅުވި އެވެ.
ރަޝިއާ މި ވަގުތު އޮތީ ޔުކްރޭނަށް ދެމުންދާ ހަމަލާޓައް މުޅިން ހުއްޓާ ގޮތަށް ނޫން ކަމަށް ޕެސްކޯފް ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާތައް ރަނގަޅު ފާލަށް އެޅެމުންދާ ވަރަކަށް ހަމަލާތައް މަދުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.