ދުނިޔެ މިހާރު އަޑުއަހާ ހިތުން އޮތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދައްކަްވާނެ ވާހަކަ އެވެ.
މި ދެ ލީޑަރުން މާދަމާގެ ވަގުތެއްގައި ފޯނުން މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯވް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
ޑޮނަލްޑް ޓްރަމް އެމެރިކާގެ ރައިސް ކަމުގެ ދެވަދަނު ދައުރަށް ހުވައިކުރެއްވުނުގެ ކުރިންވެސް ވަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަށީގެންވާ ވަގުތެއްގައި ދެލީޑަރުން އެއް މޭޒު ދޮށުން ބައްދަލުކުރައްވާނެ ކަމަށްވެސް އޮތީ ވިދާޅުވެފަ އެވެ.
މި ދެ ލީޑަރުންގެ މަޝްވަރާ ތަފުސީލެއް ޕެސްކޯފް ނުދެއްވަ އެވެ. ނަވެސް، ޚަބަރުތައް ބުނާ ގޮތުން މައިގަނޑު ވާހަކައަކަށް އޮންނާނީ ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަވުމަށް ކުރިއަށް ދެވިދާނެ ގޮތްތަކާ ބެހޭ މަޝްވަރާތަކެވެ.
ޔުކްރޭން ހަނގުރާމައަށް ފަހު އެ ސަރަހައްދުގެ ބިންތައް ބެހެވިގެން ދާނެ ގޮތާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ.
ޔުކްރޭން ސުލްހަކުރުމަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުން ބޮޑަށް ފައިދާ ވާނީ ރަޝިއާ އަށާއި ޔުކްރޭނަށް ކަމަށް ވަރަށް ތިލަކޮށް ވިސްނާ މީހަކަށް ހީވެދާނެ އެވެ.
ނަމަވެސް، ގައުމެއްގެ ދެ ލީޑަރުން އަދި އަނެއްކޮޅުން ދުނިޔޭގެ ބާރުތަކަށް ވާދަކުރާ ދެ ލީޑާރުން އެހެން ބަޔަކަށް ބައިއަޅައި ހުސްއަތާ ދާނެ ކަމަށް ވިސްނުމަކީ މޮޔަ ކަމެކެވެ.
ޓްރަމްޕާއި ޕޫޓިންގެ މަޝްވަރާތަކުގައި ބާރުގަދަ ހަތިޔާރު ކޮންޓްރޯލްކުރުމާއި ނިއުކްލިއާ ހަތިޔާރު އުފައްދާ މިންވަރު ދަށްކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރާނެ އެވެ.
ޔުކްރޭނުން ލިބެން ހުރި އަގު ބޮޑު މައުދަންތަކާއި، އެ ސަރަހައްދުން ނަގާ ތެލުން ބައެއް އެމެރިކާއަށް -- ހެޔޮ އަގުގައި ލިބޭނެ ގޮތެއް ހޯދުމަކީ ވެސް، ސުރޫޚީތަކަށް އަދި ނާރާ އޮތް ކަބަރެކެވެ.
ޔުކްރޭނާއި ރަޝިއާ ސުލްހަކޮށް ނިމޭއިރު، އެމެރިކާއަށް ފަހިވާ ކިތަންމެ ކަމެއްގައި، އަޑިއަޑިން ސޮއިކޮށް އިތުރު އެހެން ބަޔަކަށް ނޭނގޭ ގޮތަށް ވެލިއަޅައި ފޮރުވާނެ އެވެ.