ދުނިޔެ

އެމެރިކާގެ މެދުއިރުމަތީ މުޝީރު މަޝްވަރާއަށް ރަޝިއާއަށް

ސްޓިވް ވިޓްކޯފް -- ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރެއްވުމަށް މޮސްކޯގައި
0%
0%
0%

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމައްޗަށް ހަމަޖައްސާފައި ހުންނެވި ޚާއްސަ މުޝީރު، ސްޓިވް ވިޓްކޯފް ރަޝިއާއަށް ވަޑައިގެންފި އެވެ. އޭނާ މޮސްކޯއަށް މި ވަޑައިގަތީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝީއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާކުރެއްވުމަށެވެ.

ވިޓްކޯފް މޮސްކާއަށް ވަޑައިގެންނެވިއިރު، ޔުކްރޭންއާ އެމެރިކާއާ ދެމެދު، ސައޫދީ އަރަބިއްޔާގައި ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. މި މަޝްވަރާތަކަކީ ވެސް ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު މަޝްވަރާތަކެކެވެ.

ޔުކްރޭންއާ އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތަފުސީލު އަދި ރަޝިއާއަށް ދީފައެއް ނުވެ އެވެ. ބުނެވޭ ގޮތުގައި، ޔުކްރޭންއާ އެކު ވަކި ގޮތަކަށް މަޝްވަރާކުރުމަށް ފަހު އެމެރިކާގެ ބޭނުމަކަށް ވަނީ ރަޝިއާއާ އެކު އެހެން ގޮތަކަށް މަޝްވަރާކުރުމެވެ.

ހަނގުރާމަ ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާއިން އަދާކުރާ މެދުވެރިއެއްގެ ދައުރަކީ ހީލަތްތެރިކަމެއް ކަމަށް ރަޝިއާގެ ފުންނާބުއުސް ސިޔާސީ ލީޑަރުން ބުނެ އެވެ. އެމެރިކާއިން ދަންތޫރަތަކުގައި ނުޖެހި ސަލާމަތުން އޮތުމަށް ސިޔާސީ ލީޑަރުން ވަނީ ޕޫޓިންއަށް އިރުޝާދުދެއްވާފަ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ އެދޭ ގޮތް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށް ބުނާ ރިޕޯޓްތަކާ ބެހޭ ގޮތުން، ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވީ، ރަޝިއާގެ ނިންމުންތައް އަދި އެމެރިކާއަށް ހުށަނާޅާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން ގެންގުޅެނީ މައިގަނޑު ތިން ނުކުތާ އެކެވެ. އެއީ ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދުވަހަކުވެސް ނުދިނުމާއި، ޔުކްރޭނަށް އެހެން ގައުމުތަކުން ސިފައިން ނުގެނައުމާއި އަދި ޔުކްރޭންގެ ބިމުން ރަޝިއާ އިސްތިއުމާރުކޮށްފައި އޮތް ބިންތައް ހޯދަން ޔުކްރޭނުން ވަކާލާތުނުކުރުމެވެ. އަދި އެ ބިންތަކަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރުމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން ޔުކްރޭނަށް ވުރެ ރަޝިއާއާ މަޝްވަރާކުރަން ފަސޭހަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަކީ ދެ ގައުމަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޝްވަރާތަކުން އެދެވޭ ނަތީޖާ ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910