ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާނަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު ހަލީލް އޮމާނަށް ވަޑައިގަތީ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ އިސްވެރިންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވި، ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރޔ ވިދާޅުވެފައިވެ އެވެ.
އޮމާންގައި ބާއްވާ މި ކޮންފަރެންސްގައި 60 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.