އޭސީސީ

އޭސީސީގެ ނައިބް ރައީސް ކަމަށް ނާޝިދު އައްޔަންކުރައްވައިފި

އޭސީސީގެ މެންބަރު ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރައްވާ މަގާމުގެ ލިޔުން ހަވާލުކުރައްވަނީ
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބް ރައީސް ކަމަށް ރ. އަލިފުށި، ފަސާނާ، އަބްދުﷲ ނާޝިދު މިއަދު އައްޔަންކުރައްވައިފި އެވެ.

އޭސީސީގެ ނައިބް ރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ 69 މެންބަރުންގެ އިއްތިފާގުންނެވެ.

އޭސީސީގެ ނައިބް ރައީސް ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ވަނީ އެ ކޮމިޝަންގެ މެންބަރު އަހްމަދު ނާޝިދުގެ ނަންވެސް ކުރިން ހުށަހަޅުއްވާފަ އެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލު ކުރައްވާ އޭސީސީގެ ނައިބް ރައީސްގެ މަގާމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން ނިންމެވީ އެވެ.

އޭސީސީގެ މެންބަރު ކަމަށް އަބްދުﷲ ނާޝިދު އާއި އަހްމަދު ނާޝިދު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345