ޑރ. އަބްދުﷲ ޚަލީލް

ޑރ. ޚަލީލް ލަންކާއަށް ވަޑައިގެންފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
0%
0%
0%

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސްރީލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން މިނިސްޓަރުގެ މިދަތުރުފުޅަކީ މިއަދުން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

ޑރ. ޚަލީލްގެ މި ދަތުރުފުޅަކީ ލަންކާގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޚަލީލްގެ ދަތުރުފުޅުގައި ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާގެ ބައެއް ވިޔަފާރިވެރިންނާ ވެސް ޚަލީލްގެ މިދަތުރުފުޅުގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ހަލީލް ލަންކާއަށް ކުރައްވާ މިދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345