އުރީދޫ

240،000ރ ގެ ޕްރައިޒް ޕޫލްއަކާއެކު އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވަނީ

0%
0%
0%

އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވާ ދުވަސް އިއުލާނުކޮށްފި އެވެ.

މި މަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލަކީ 2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.

އުރީދޫ އިން ބުނީ 240،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި ފެސްޓިވަލްގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެ އެވެ.

ފައިސާގެ އިނާމު ބެހިފައިވާ ގޮތް

ޕަބްޖީ މޯބައިލް

  • ޗެމްޕިއަން – 50،000 ރުފިޔާ
  • 2 ވަނަ - 20،000 ރުފިޔާ
  • 3 ވަނަ - 15،000 ރުފިޔާ
  • 4 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

  • ޗެމްޕިއަން – 20،000 ރުފިޔާ
  • 2 ވަނަ - 15،000 ރުފިޔާ
  • 3 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

އީއޭއެފްސީ

  • ޗެމްޕިއަން – 20،000 ރުފިޔާ
  • 2 ވަނަ - 15،000 ރުފިޔާ
  • 3 ވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ

ކޮސްޕްލޭ މުބާރާތް

  • 1 ވަނަ - 5000 ރުފިޔާ
  • 2 ވަނަ - 3000 ރުފިޔާ
  • 3 ވަނަ - 2000 ރުފިޔާ

އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ

30،000 ރ.

އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫއިން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓްކެވެ.

މުބާރާތްތަކުގެ އިތުރުން މި ފެސްޓިވަލްގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ އެވެ.

އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.

އުރީދޫ އިން ބުނީ އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތަކުން ތަފުސީލު ލިބޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910