ގަން އިންޓަނޭޝަނަލް އެއާޕޯޓް

އައްޑޫއަށް ބޭރުގެ އިތުރު އެއާލައިނެއް ގެންނަން މަޝްވަރާކޮށްފި

އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނެއް ގެނައުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އޭސް ޓްރެވެލްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ ގޮންޖެހުންތައް ހުރި ނަމަވެސް ގަން އެއާޕޯޓަކީ ފުރުސަތުތައް އޮތް އެއާޕޯޓެއް ކަމަށެވެ.

އެހެންކަމުން އިތުރު އެއާލައިނެއްގެ ދަތުރުތައް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދުވެސް ބައިވެރިވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ޝެޑިއުލް ދަތުރުތައްކުރާ ބޭރުގެ ހަމައެކަނި އެއާލައިނަކީ ސްރީލަންކަން އެއާލައިންސް އެވެ. އޭސް ޓްރެވެލްސްއަކީ ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓެވެ.