ޑީޖޭއޭ

ޑީޖޭއޭގެ ޗީފަކަށް އަމްޖަދު މުސްތަފާ

އަމްޖަދު މުސްތަފާ
0%
0%
0%

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތަފާ ހަމަޖައްސައިފި އެވެ.

މި މަގާމަށް ކުރިމަތިލުމަށް ޑީޖޭއޭ އިން މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ހުޅުވާލީ އޭރު މި މަގާމުގައި ހުންނެވި އައިޝަތު ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަމްޖަދު މުސްތަފާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރު ކަން ކުރައްވާފަ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހޮވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ޝަރުއީ ދާއިރާގެ އިދާރީ އެންމެ އިސް މަގާމުގެ ގޮތުގައި ބަލައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހޮވޭ ބޭފުޅަކަށް 47،500 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910