ޑރ. އަބްދުﷲ ޚަލީލް

ޑރ. ޚަލީލް، ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

0%
0%
0%

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔައާ ބައްދަލުކުރައްވައިފި އެވެ.

ޑރ. ޚަލީލް މިމަހުގެ 18 ވަނަ ދުވަހު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު އެޗް އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީއަށް ލަންކާއިން ފޯރުކޮށްދޭ އެހީ ފާހަގަކުރައްވައި މިނިސްޓަރު ޚަލީލް ޝުކުރު އަދާކުރެއްވި ކަމަށެވެ.

މިބައްދަލުކުރެއްވުމުގައި ލަންކާގެ ބޮޑުވަޒީރު ވަނީ ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޑރ. ޚަލީލް މިރޭގެ ވަގުތެއްގައި ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައާ ވެސް ބައްދަލުކުރައްވާނެ އެވެ.

ޚަލީލް ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ހޭރަތުއާވެސް އިއްޔެ ބައްދަލުކުރައްވާފަ އެވެ.

ޚަލީލް ތިން ދުވަހަށް ކުރައްވާ މިދަތުރުފުޅުގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ލަންކާގެ ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345