މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

މަސްދަޅު ކޭސް ދޫކުރަން ޓޯކަން ނިޒާމެއް

މިފްކޯ ކޮމްޕްލެކްސްގައި މަސްދަޅު ކޭސް ދޫކުރަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރަން ޓޯކަން ނިޒާމެއް ތައާރަފުކޮށްފި އެވެ.

ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނީ މަސްދަޅު ކޭސް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލުއި ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތަކަށް ބައެއް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ ގޮތުން މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުމާއެކު މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދާނީ ރޭގަނޑު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށާއި މި ނިޒާމުގެ ތެރެއިން ވަކި ރެޔަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން އެ ރެޔެއްގައި އެ މަރުކަޒަކުން އެ މީހަކަށް މަސްދަޅުކޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ މިނިސޓްރީން ބުނެފައިވެ އެވެ. އަދި މި ކަމަށް ކަނޑައަޅާ ނިޒާމުގެ ތަފުސީލު އިއުލާނު ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނި ގޮތުގައި އެކަކަށް އެންމެ ގިނަވެގެން ދޫކުރާނީ ތިން މަސްދަޅު ކޭހެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާ ސަރަހައްދުތައްވެސް ވަނީ އިތުރުކޮށްފަ އެވެ.

މަސްދަޅުކޭސް ދޫކުރާ ތަންތަނާއި ދޫކުރާ ޓޯކަންގެ އަދަދު

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް: 200 ޓޯކަން
  • ހެންވޭރު ދަނޑު: 100 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
  • ސޯޝަލް ސެންޓަރު : 100 ޓޯކަން
  • ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
  • ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގް: 100 ޓޯކަން
  • ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް): 100 ޓޯކަން
  • ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
  • ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން

މަސްދަޅު ކޭސް ދޫކުރުން މިހާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. ފުރަތަމަ ރޭ އެކަނިވެސް މާލެ ސަރަހައްދުގައި 9،394 ކޭސް މަސްދަޅު ބަހާފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910