ހަބަރު

އިއްޔެ އަނިޔާވި ދެ ބިދޭސީންގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

ޗައިނާ-މޯލްޑިވެސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްކުރާ ސަރަހައްދުން ވެއްޓި އަނިޔާވީ މީހާ އަދި ހަދަމުންދާ އިމާރާތަކުން ވެއްޓުނު ބާލިދީއަކުން ޖެހި އަނިޔާވީ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

މާލެއާއި ހުޅުލެ ދެމެދުއަޅައި ބްރިޖުގެ މަސައްކަތް ކުރާ އަޑި ޕާކު ސަރަހައްދުން އިއްޔެ ޗައިނާ މީހެއް ވެއްޓި އަނިޔާވެފައިވާ އިރު ހަދަމުންދާ އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު ބާލިދީއަކުން ޖެހިވެސް ބިދޭސީ އަކަށް ވަނީ އަނިޔާވެފަ އެވެ. މި ދެ ހާދިސާ ވެސް ހިނގައިފަ ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

އިއްޖީއެމްއެޗްގެ އޮފިޝަލެއް ވިދާޅުވީ އިއްޔެ ބްރިޖު ހަދަމުންދާ ސަރަހައްދުން އަނިޔާވީ މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށާއި ނަމަވެސް ބައެއް ޓެސްޓުތަކަށް އަދި ދޫކޮށް ނުލާ ކަމަށެވެ. އަދި އިމާރާތަކުން އެއްޗެއް ވެއްޓި ޖެހިގެން އަނިޔާވީ މީހާގެ ހާލު ރަނގަޅު ކަމަށެވެ.