ދުނިޔެ

ޔުކްރޭނަށް ކުރި ހޭދަ، ފައިސާގެ ބަދަލުގައި މައުދަނުން ހޯދާނަން: ޓްރަމްޕް

ޑޮނަލްޑް ޓްރަމްޕް (ކަނާތުގައި) އަދި ޒެލެންސްކީ -- ޔުކްރޭނަށް ކުރި ހޭދަ، ފައިސާގެ ބަދަލުގައި މައުދަނުން ހޯއްދަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

އެމެރިކާއިން އަސްކަރީ އެހީގެ ގޮތުގައި އަދި ބަޖެޓް ފޫބައްދަން ޔުކްރޭނަށް ދިން ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޔުކްރޭނުން ލިބެން ހުރި އަގު ބޮޑު މައުދަނާއި ތެލުގެ ބާވަތްތަކުން އަގު ހަމަކުރުން ވަކިން ބޮޑަށް އެދެވިގެންވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ރަޝިއާގެ ކިބައިން ސަލާމަތްވުމަށް ޔުކްރޭނަށް ފޯރުކޮށްދިން އެހީތެރިކަމަކީ ހިލޭ ދިން އެހީއެއް ނޫނެވެ. އެއީ ހިލޭ އެހީ ކަމަށް ހީވެފައި އޮތް ނަމަ އެއީ ޔުކްރޭންގެ ވެރިން ޖައްސަވައިގެން އުޅުއްވާ ނުބައި ހިސާބެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޔޫރަޕުން 100 ބިލިއަން ޔުކްރޭނަށް ހޭދަކުރި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާއިން 350 ބިލިން ހޭދަކުރި ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާޣެި މާލިއްޔަތުން މިހާ ބޮޑު އަދެއް ގެއްލިގެން ގޮސްފައި ވަނީ ހިސާބުޖަން އެނގޭ ބަޔަކު ސަރުކާރުގައި ނެތުމުން ކަމަށެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި، އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަކީ، ދުނިޔޭގެ ބޮޑު ބާރެއްގެ ވެރިކަމަށް އެއްގޮތަކަށް ވެސް އެކަށޭނަ މީހެއް ނޫނެވެ. ގައުމުގެ މާލިއްޔަތުން އެހާ ބޮޑު އަދަދެއް ގެއްލިގެން ދިއުން ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ޔުކްރޭނަށް މިހާރު އޮތް ގޮތަކީ އަދި ފަސޭހަކަމާ އެކު ދަރަނި ދެއްކެން އޮތް ގޮތަކީ، ޔުކްރޭންގައި ހުރި ތަދު މައުދަނުން އަގު ދެއްކުމެވެ. ބަދަލުގައި ކޮންމެވެސް އެއްޗެއް ދޭންޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާއަށް ބަދަލުގައި އެއްޗެއް ނުދީފި ނަމަ އެހެން ގޮތަކަށް މަސްރަހު ބަދަލުވެދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ޔުކްރޭންގެ ފަސްގަނޑުގައި ހުރި މައުދަނުން އަގުދެއްކުމަކީ އެ ގައުމަށްވެސް އެންމެ ލުއި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910