ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީ ފްލެޓްގެ އަގު: ދެ ކޮޓަރި 8،000ރ، ތިން ކޮޓަރި 10،500ރ

އެފްޑީސީ އިން އަޅާމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ އެޕާޓްމަންޓެއް -- ފޮޓޯ: އަވަސް
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ދޫކުރެވޭނީ ކުރިން މަހަކަށް ދައްކަން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގުގައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް އަލުން މުރާޖައާކުރުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްތަލިބް ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓެއް ލިބޭނީ ކުލީގެ ގޮތުގައި މަހަކު 7،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާގެ އިތުރުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން އެއްބަަސްވާ ފަރާތްތަކަށް ކަމަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ދޫކުރާނީ ކުލީގެ ގޮތުގައި މަހަކު 9،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާގެ އިތުރުން ސެކިއުރިޓީ ފީގެ ގޮތުގައި 25،000 ރުފިޔާ ދައްކަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ.

އެފްޑީސީ އިން އަޅާމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ އެޕާޓްމަންޓެއް -- ފޮޓޯ: އަވަސް

ރައީސް ސޯލިހްގެ ސަރުކާރުން ނިންމާފައި އޮތީ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓް މަހަކު 5،000 ރުފިޔާއަށް އަދި ތިން ކޮޓަރީގެ ފްލެޓް މަހަކު 7،000 ރުފިޔާއަށް ދޫކުރުމަށެވެ. ކޮންމެ ފްލެޓަކަށް މަހަކު އިތުރު 1،000 ރުފިޔާ މެއިންޓަނަންސް ފީއެއް ނަގަން އޭރުވެސް ނިންމާފައިވެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ފްލެޓްގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމީ ސަރުކާރުން މީގެކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އަގުތަކާއި ލޯން ނަގައި ދައްކާ ނިމޭއިރު ދައްކަންޖެހޭ ފައިސާގެ އަދަދާއި ސަރުކާރުން ސަބްސިޑައިޒް ކުރަންޖެހޭ ފައިސާގެ އަދަދަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއީ [ކުރީގެ އަގުތަކަކީ] އެންމެ ރަނގަޅަށް، އިންސާފުވެރިކޮށް ކަނޑައަޅާފައިވާ އަދަދުތަކެއް ކަމަށް. އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓް ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000 ރުފިޔާ ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

އެފްޑީސީ އިން އަޅާމުންދާ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ އެޕާޓްމަންޓެއް -- ފޮޓޯ: އަވަސް


މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަންޖެހޭނީ ދައުލަތަށްވެސް ބުރަނުވާ ގޮތަކަށް ކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ގޮތުގައި މިސަރުކާރުން ކަނޑައަޅާ ލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ މިއަދު 3:00 ޖަހާއިރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910