މަސްތުވާތަކެތި

ޑްރަގު މައްސަލައެއްގައި ހައްޔަރުކުރި މީހަކު ރޯދަ ނިމެންދެން ބަންދަށް

ހއ. ހޯރަފުށި ފަތްކޯނި، އަހްމަދު ނިޝާން
0%
0%
0%

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ދިވެއްސަކު، ރޯދަ މަސް ނިމެންދަން ބަންދުގައި ހުންނަން ޖެހިއްޖެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަހު، ބަންދު މުއްދަތަށް ހާޒިރު ކުރި ހއ. ހޯރަފުށި ފަތްކޯނި، އަހްމަދު ނިޝާންގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ. އެހެންކަމުން ރޯދަ މަސް ނިމެންދެން އޭނާ ހުންނާނީ ބަންދު ގައެވެ.

ރެކޯޑްތަކުން އެނގޭ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެކެވެ. ކޯޓު އިމާރާތުގެ ތެރެއަށް ވަދެ ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލައެއްގައިވެސް އޭނާ ކުރިން ހައްޔަރުކުރި އެވެ. އޭރުވެސް އޭނާ 30 ދުވަހަށް ބަންދު ކުރިއެވެ.

އޭގެ ފަހުން ވައްކަމުގެ މައްސަލައެއްގައިވެސް އޭނާ ހައްޔަރުކޮށްފައިވާކަން ރެކޯޑްތަކުން ދައްކަ އެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ނިޝާން އަކީ ޝަރުއީ ކޯޓެއްގެ ތެރެއަށް ވަދެ އެތަނުގެ މަސްލަހަތުވެސް ނަގާލާފައިވާ މީހެކެވެ. އަދި އެ ނޫންވެސް ރެކޯޑްތައް ގިނަ މީހެއްކަން އޭނާގެ ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345