އުރީދޫ

އުރީދޫ އިން ހުޅުމާލޭ ގުއްބު މިސްކިތް އާބާތުރަ ފިލުވައި، އޭސީކޮށް ހުޅުވައިފި

ހުޅުމާލޭ ގުއްބު މިސްކިތް އާބާތުރަ ފިލުވައި، ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: އުރީދޫ
0%
0%
0%

އުރީދޫ މޯލްޑިވްސް އާއި ގަތަރު ޗެރިޓީ ގުޅިގެން ހުޅުމާލޭ މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ -- ހުޅުމާލެ ގްރޭންޑް މިސްކިތް (ގުއްބު މިސްކިތް) އާބާތުރަ ފިލުވައި، ފުލް އެއާކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑްކޮށް ހުޅުވައިފި އެވެ.

މިސްކިތުގެ އާބާތުރަ ފިލުވައި، އޭސީކުރުމަށްފަހު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެޗްޑީސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުންޏަކީ ކަނެކްޓިވިޓީގެ އިތުރަށް މުޖުތަމައުތަކަށް ފައިދާވާ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ -- ފޮޓޯ: އުރީދޫ

"މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫއަކީ، އިޖްތިމާއީ ހައްގުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް. މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ގާއިމުކޮށްދިނުން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

މި މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް ހާލިދު އަލް ހަމާދީ ވަނީ ގަތަރު ޗެރިޓީއަށް ޝުކުރު އަދާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލް ފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ފައިސަލް ރަޝީދު އަލް ފެހައިދާ -- ފޮޓޯ: އުރީދޫ

"މި ޕްރޮޖެކްޓާއެކު، ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން. އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން،" ފައިސަލް ރަޝީދު އަލް ފެހައިދާ ވިދާޅުވި އެވެ.

ފައިސަލް ރަޝީދު އަލް ފެހައިދާ ވަނީ އުރީދޫ ފަދަ ޕާޓްނަރުންނާއެކު މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލޭ ގުއްބު މިސްކިތަކީ 1،800 އަށްވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭ ގޮތަށް 2006 ވަނަ އަހަރު ބިނާކޮށްފައިވާ މިސްކިތެކެވެ.

މި މިސްކިތުގެ ގޯތި ތެރެ ގަސްތަކުން ރީތިކޮށްފައިވާއިރު މިސްކިތުގެ އެތެރޭގައި ސީލިން މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910