އިސްލާމިކް މިނިސްޓްރީ

ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ހާއްސަ ހަފުލާއެއް ބާއްވަނީ

ޤުރުއާން ހިތުދަސް ކުރި ހާފިޒަކަށް އެކަމުގެ ލިޔުން ރައީސް މުއިއްޒު ހަވާލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ޤުރުއާން ހިތި ދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފްލާ ހިނގަމުން މިދާ ރޯދަ މަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ހާފިޒުންނަށް އެކަމުގެ ލިޔުން މީގެކުރިން ހަވާލުކުރަމުން ދިޔައީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ގައެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ގައެވެ. އެހެންކަމުން މިއީ ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ހާއްސަ ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހާފިޒުކަމުގެ ތާޖު ދޭ ހަފުލާ އަކީ މުޅިން ވަކިން ބާއްވާ ގައުމީ ފެންވަރުގެ ބޮޑު ހަފުލާއަކަށް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ޝަހީމް މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފްލާ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެ ހަފްލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910