ކްރޫޒް ލައިނާ

ސީޝެލްސްއިން އައި ކްރޫޒްލައިނުން ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް

0%
0%
0%

"އެމްއެސް އިންސިގްނިއާ" ނަމަކަށް ކިޔާ ކްރޫޒްލައިނެއް މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހު ސީޝެލްސްއިން ފުރައިގެން ރާއްޖެއަށް އައިސްފައިވެ އެވެ.

މި ކްރޫޒްލައިނުގައި 576 ފަތުރުވެރިންނާއި 406 ކުރޫ މެންބަރުން ހިމެނެ އެވެ.

ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު އެއް މަންޒިލެވެ.

ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދެ އެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް ލައިންތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނެފައިވާ ގޮތުގައި މިއަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒް ލައިނާ ރާއްޖެއަށް ޒިޔާރަތްކުރާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް 481,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910