އުމްރާ ދަތުރު

އުމްރާ ގުރޫޕުގެ މައްސަލަ ބަލަން ފަށައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
0%
0%
0%

އަސްކޮއި ޖަމާއަތުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ އަސްކޮއި ޖަމާއަތުގެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

"ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން، އުމްރާއަށް މީހުން ގެންދިއުމުގެ ގަވާއިދާ ހިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ،" ޝަހީމް ވިދާޅުވި އެވެ.

އަސްކޮއި ޖަމާއަތުގެ މައްސަލަ ބަލަން ފަށާފައިވާއިރު އެ ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަހުން ދަތުރު ކުރެވެން ނެތް ކަމަށް އެ ޖަމާއަތުން އެންގި ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބުނެފަ އެވެ.

އުމްރާއަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނެގުމަށްފަހު ބައެއް ޖަމާއަތްތަކުން އޮޅުވާލަމުންދާއިރު މިފަހުން ވެސް ޖަމާއަތްތަކެއްގެ ހުއްދަ ބާތިލްކޮށް ފިޔަވަޅުއަޅާފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.

އުމްރާގެ ހުއްދަ ދީފައިވާ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އެ ފައިސާގައި މީހުން އުމްރާއަށް ނުގެންގޮސް އޮޅުވާލައިގެން ޑޮލަރު ގަތް މައްސަލައެއް ބަލަމުންދާ ކަމަށް މިނިސްޓަރު ޝަހީމް މިއަހަރުގެ ކުރީކޮޅު ވިދާޅުވި އެވެ.

މީގެ އިތުރުން "އަލްހިޖުރަ" ގުރޫޕާ އެކު އުމްރާއަށް ދިޔަ ބަޔަކު މައްކާގައި ހާލުގައި ޖެހުމުން އެ މައްސަލަ ބަލައި އިހްމާލުވި ގުރޫޕްގެ ވެރިންނަށް ފިޔަވަޅު އަޅާނެ ޝަހީމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345