ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަތީ ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތި ފޮރުވާފައި ހުރީ 20 ޕެކެޓެއްގެ ތެރޭގައެވެ.
ކަސްޓަމަސް އިން ބުނީ މިތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1،097 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00 ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.