ވާހަކަ

ނިވެމުންދާ ބައްތި

(ކުރީގެ ބަޔާ ގުޅޭ)

އަރި އަޅާލަމުން ދިޔަ މިޝްކާގެ ގައިގައި ހިފަހައްޓަން ސައުން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. ހުރި ދިމާލުން އަނގަވަތަށް ވާ ގޮތަށް ރުއްގުޅިއެއް ކަނޑާ ވައްޓާލިހެން މިޝްކާ ގޮސް މުށިތައް މައްޗަށް ޖެހުނެވެ. ސައުން އަތް ދިއްކުރި ނަމަވެސް ހުރެވުނީ އަތް ފޯރާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް ދުރުގައެވެ. މިސްކާ ނެގުމުގެ ކުރިން އުޑު ތިލަ މައްޗަށް ވާގޮތަށް ފުރުޅާލިއެވެ. މުޅި މިހާގެ މޫނު ވަނީ ލެއިން ތަތްތެޅިފައެވެ ސައުންނަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ.

އެ އަޑަށް ކޮޓަރީގައި އޮތް ޒޯޔާ ނުކުތެވެ. މިޝްކާ އަތް ދަނޑި މައްޗަށް ލައިގެން ދޮރާ ދިމާލަށް ބޭރަށް ނުކުންނަން ދުވަމުން ދެއެވެ. ބޭރުގައި އޮތް ކާރަށް މިޝްކާ ލަމުން ފަހަތުން ދުވެފައި އައި ޒޯޔާ އާ ދިމާލަށް ބުންޏެވެ. "ކޮއްކޮ ރަނގަޅަށް ބަލާތި. ގޭ ދޮރު ތަޅުލައިގެން އިންނާތި. ބައްޕަ މިދަނީ ހޮސްޕިޓަލަށް" އެހެން ބުނަމުން ބާރަކަށް ކާރު ދުއްވާލިއެވެ. ވާނުވާ ނޭނގިފައި ޒޯޔާ ހުއްޓެވެ. މަންމަގެ ގައިން ލޭއަންނަތަން ފެނުމުން ޒޯޔާގެ ހިތުގައި ތަފާތު ޚިޔާލުތައް އުފެދެން ފެށިއެވެ. ޒޯޔާގެ ސަބަބުން މަންމައާއި ބައްޕަގެ ދެމެދުގައި ޒުވާބު ހޫނުވެ އެކަކު އަނެކަކަށް

ސައުންނަށް މިޝްކާ ގޮވައިގެން ހޮސްޕޓަލާއި ހަމައަށް ދެވުނު ބަރާބަރު ތިރީސް މިނިޓް ފަހުންނެވެ. ގެންދިޔަ ގޮތަށް އަވަސް ފަރުވާ ދޭބަޔަށް ވެއްދޭ ގތެއް ނުވިއެވެ މިޝްކާ ޒަޚަމުވެފައި ވުމުން އެމީހުން ކޭސްއެއްގެ ގޮތުގައި ފައިލުކޮށް ފަރުވާ ފެށުމުގެ ކުރިން ބޮލިހުން ގެނައެވެ. އެމީހުންގެ ކިބައިން ސަލާމަތްވެ އަވަސް ފަރުވާކުރާ ލިބޭ ހިސާބަށް ވެއްދުނީވެސް ދިޔަތާ ސާޅީހަކަށް މިނިޓް ލަހުންނެވެ.
އެތަނުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސައުންގެ ވިސްނުން ވަނީ ފަސްވެފައެވެ. މިޝްކާ އޭނަ އަށް ފޯނު ކުރީ ކީއްކުރަން ބާއެވެ؟ ފުރަތަމަ ހަލޯ އޭ ބުނި އަޑު އިވުނެވެ. ދެން ފަހުން އެއްވެސް އަޑެއް ނީވުމުން ފޯނު ރޭންޖު ހުރިތޯ ބަލާލި އިރު ހެޑްސެޓަށް ލެވިފައި ހުރުމުން އަޑު ނާންނާތީފޯނު ރަނގަޅު ކުރިއެވެ. އެކަމަކު މީޝްކާ ބުނަން ބޭނުންވި އެއްވެސް ވާހަކައެއް ސައުން ނަކަށް ނީވުނެވެ. އަނެއް ކޮޅުން ސައުން ގޭގައި ހުއްޓައި ފޯނު ކުރި ކީއްވެ ކަމާ މެދު ސުވާލު އުފެދެމުން ދިޔައެވެ. ކުއްލިއަކަށް ޑޮކްޓަރު ނުކުތުމަށް ފަހު ހާލު ވަރަށް ސިރީއަސް ކަމަށް ބުނަމުން އިތުރު ނަރުހާކައި އެކުގައި ދެކޮޅަށް ދުވާތީ ފެނުމުން ހާސްވެ ކަންބޮޑުވާ ގޮތް ވިއެވެ. ސައުން މިޝްކާގެ ހާލު ރަނގަޅު ވުން އެދި ދުއާ ކުރަމުން ދިޔައެވެ.

ކުޑަކުޑަ ދެ ކުދިންނަށް ވާނެ ގޮތަކާ މެދު ފިކުރު ކުރެވުނެވެ. ހާސްވާ ގޮތްވެ، ކަންކަމާމެދު ވިސްނަމުން ދިޔައެވެ. ހަދާނެ ނުހަދާނެ ގޮތެއްނޭނގި ހާސަވަމުން ދިޔައެވެ. ކުންފުނީގައި މަސައްކަތް ކުރާ މުއައްޒަފެއް ކަމުގައިވާ ސޯހަންސީއަށް ގުޅިއެވެ. ކަންތައް ވެގެން އުޅޭގޮތް ކިޔައި ދިނުމަށް ފަހު ދެކުދިން ހޮސްޕިޓަލަށް ގެނެސް ދިނުމަށް އެދުނެވެ.
އެ ވަގުތު މާދަމާއަށް ސެޑިއުލް ކުރި މާލެ ދަތުރު މަތިން ހާދާންވެ އެ ދަތުރު ކެންސަލު ކުރިއެވެ. ގަޑިއެއްހާ އިރު ފަހުން ޑޮކުޓަރުގެ ކެބިންނަށް ސައުން ވެއްދިއެވެ. އޭރު އެ މީހުންގެ އަތުގައި އެކުސްރޭ އަކާއި ސްކޭން ތަކެއް ހުއްޓެވެ. ފުރަތަމަވެސް ވެއްދި ގޮތަށް ވެއްދުމަށް ފަހު ހިތްވަރު ކުރަން ބުންޏެވެ. މިޝްކާއަށް ހާޓްއެޓޭކެއް ޖެހުނުކަމާއި ސިކުނޑިއަށްލޭ އެޅުމުގެ ސަބަބުން ސިކުނޑި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށް ބުންޏެވެ.
ސައުންނަށް ލިބުނީ ސޮކެކެވެ. ޑޮކުޓަރުން މިޝްކާގެ ފުރާނަ ސަލާމަތް ކުރަން ކުރާ މަސައްކަތުގެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް ބުނުމުން ހަތަރު ގަނޑު ފާރާ އެކު މުޅިތަން އެނބުރެމުން ދިޔައެވެ. ދެން ކީއެއްޗެއް ނޭގުނެވެ. ކައިރީގައި ހުރި އެހެން މީހެއްގެ އެހީތެރިކަން ލިބުނު ކަން އެނގުނެވެ. ހޭއެރި އިރު ދެ ކުދިންނާއި ސޯހަންސީ މޫނުންވެސް ފެންނަނި މާޔޫސްކަމެވެ. ކުޑަ ދެކުދިން ރޮމުން ސައުންނަށް ގޮވަމުން ދިޔައެވެ. ގުޅާފަ ހުރި އައިވީ ނައްޓާލުމަށް ފަހު މިޝްކާ ކައިރިއަށް ދާން ބޭނުންވިއެވެ. ނަމަވެސް ގަޔަކު އެވަރަށް ހަކަތައެއް ނެތެވެ. ލޯ ހުޅުވާލެވުނު ނަމަވެސް ގައިން ވަނީ ވާގީ ގޮސްފައެވެ. ދެކުދިން ބައްޕާ! މަންމަ ކޮބައިހޭ ކިޔާ އޮޅުލައި ގަތެވެ.

އޭގެ ބައިގަޑި އިރު ފަހުން މަޑު މަޑުން ހހަމައަކަށް އެޅޭވަރު ވިއެވެ. ނަރުސް އައިވީ ނައްޓު ވާލިއެވެ. ދެކުދިންނާއި އެކުގައި މިޝްކާ އޮތް ރޫމަށް ދާން ބޭނުން ވާހަކަ ބުނުމުން ކުދިން ނުވެއްދުމަށް ޑޮކްޓަރު އިރުޝާދު ދިނެވެ. ސައުން ވަކިން ގެންގޮސް ވަރަށް ނަޞޭހަތް ދިނެވެ. މިޝްކާ ސަލާމަތް ނުކުރެވޭނެ ކަމާއި މިހާރު ހަމައެކަނި އެ އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް ބުންޏެވެ. ވިންދު އަދި ހުރުމުން މަސްގަނޑު ހަވާލު ނުކޮށް އޮތީ ކަމަށް ބުނުމާއެކު ސައުން ބަޑި ފަޅައިގެން ދިޔައެވެ. ދެކުދިންނާއި ދިމައަށް ދުއްވައި ގަތެވެ.
"ނޫން. އަހަރެންގެ ދެކުދިން މައި މީހާގެ ލޯބިން މަހުރޫމް ނުކުރޭ! އެކުދިން މަންމަގެ ލޯބި ބޭނުންވާނެ . އެ ދެކުދިން ކިހާ ނިކަމެތި ވާނެ. މީ ކޮންފަދަ އިމްތިހާނެއް އަހަރެން މިޝްކާގެ ހުރިހާ ކުށަކަށް މާފްކުރިން .އެކުދިންގެ ހައްޤުގައި. އެކުދިން ދޫކޮށްފައި މިޝްކާ ނުދޭ!" އެހެން ގޮވަމުން ކުދިންގެ ގައިގައި އޮޅުލައި ބޮސްދެމުން ދިޔައެވެ.

"މައިމީހާ ނެތުމުން އުފުލަން ޖެހުނު ހުރިހާ ތަކުލީފެއް މިއަޅާ ތަޖުރިބާ ކުރީން. އަހަރެން ފަދައިން އެކުދިންނަކީ މައިމީހާގެ ލޯބިން މަހުރޫމް ވެފައިވާ ކުދިންނަށް ވީކީއްވެ؟ މިއަޅާ އުފުލި ވޭން އެކުދިން އުފުލަން ޖެހުނީ ކޮން ކުށެއް އެކުދިންގެ އޮވެގެން. ޔާﷲ! އިބަ އިލާހުއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު! މަޔަކު ބަފައަކު ނެތި މިއަޅާ އުޅެން ޖެހުނު ނިކަމެތި ހާލު މިއަޅާ ހަނދާން އެބަހުރި. އަޅަލާނެ އެއްވެސް އެހީތެރިއެއް ނެތް . މިއަޅާގެ ދެކުދިން މައިމީހާގެ އަޅާލުމާއި ލޯބިން މަހުރޫމް ކުރެއް ވުމުގައި ފޮރުވިފައި ވަނީ ކޮންސިއްރެއް. އެހެން ބުނަމުން މޫނު ފިރުމާލިއެވެ. "ދަރިފުޅުމެން އެކަނި ވިޔަކަ ނުދޭނަށް މި ބައްޕައަށް މާއާފް ކުރޭ! މައެއްގެ ލޯބި ނު ދެވުނަތީ އެކަމާ ޝަކުވާ ނުކުރާތީ. ބައްޕަގެ ހުރިހާ އުފަލެއް ތިޔަ ދެ ކުދިންނަށް ޓަކައި ގުރުބާން ކުރާނަން މިންވަރަށް އީމާންވާ އަޅުންގެ ތެރޭގައި މިއަޅާ ލައްވާށި އަދި ކުދިންނަށް ކެތް ތެރިކަން ދެއްވާށި"
އެހެން ބުނަމުން އަތުގެ ނުފުށުން ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ދެކުދިންގެ ގައިގައި ކުރިއަށް ވުރެ ބޮޑަށް ބެއްދިއެވެ. ގަޔާލައި ބޮނޑި ކޮށްލިއެވެ. އެކުދިން ވަނީ ބަސްހުއްޓިފައެވެ. އަނގަ އަކުން ނުބުނެއެވެ. އިރުގަނޑެއް ވުމަށްފަހު މަންމަ ކޮބާހޭ ޒީކު އެހިއެވެ.

އޮފީހުގެ އެހެން މީހުނަށް ސޯހަންސީ ގުޅިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ކުންފުނީގެ ބޮޑަތި މީހުންނާއި އޮފީހުގެ ހުރިހާ މުއައްޒަފުން ހެން ހޮސްޕިޓަލަށް ޖަމާވިއެވެ. އެކި މިހުން އެކި ގޮތަށް ހިތްވަރު ދެމުން ދިޔައެވެ.
މިޝްކާގެ އާއިލާއަށް އެޚަބަރު ދޭނެ ގޮތަކާ މެދު ސައުން ވިސްނަމުން ދިޔައެވެ. ވާހަކަ ދައްކާހާ ހިތްވަރެއް ނެތެވެ. ހޮސްޕިޓަލު ތެރެއިން ޑޮކުޓަރުކަން ކިޔަވަން އުޅޭ ރާއްޖެ ކުއްޖަކާ ދިމާވިއެވެ. އެކުއްޖާގެ އެހީތެރިކަން ސައުންނާއި ދެ ކުދިންނަށް އެވަގުތު ލިބުނެވެ. ކަންތައް ވެގެން އުޅޭގޮތް ސާފު ކުރުމަށްފަހު އެކުއްޖާ އިތުރު ކުއްޖަކަށް ގުޅިއެވެ. ސައުންނާއި ވާހަކަ ދެއްކީ ފިރިހެން ކުއްޖެކެވެ.
ސައުންނަށް ޒަލަފު ނޭނގުނު ނަމަވެސް އާލިޔާގެ ފުށުން ޒަލަފުއަށް ސައުން ވަނީ އެނގިފައެވެ. އަދި ޒަލަފުގެ އަންހެނުން ނަވަލުއަކީ މިޝްކާގެ ބައްޕައަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.

ބައި ގަޑިއެއްހާ އިރުފަހުން ޒަލަފުގެ އަންހެނުން ނަވަލު އައެވެ. ބަސް ހުއްޓިފައި ހުރި ޒޯޔާ ސައުންނާއި ވަކި ކުރަން ފެށުމުން ރޯން ފެށިއެވެ. މަންމަގެ މަރުގެ ޒިންމާދާރަކީ އަހަރެންނޭ ކިޔާ ރޮމުން ދިޔައެވެ. އެހެން ބުނުމުން ސައުން ޒޯޔާގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. އެހެން ނަމަވެސް ޒަލަފު ސައުން އެތާ ހުއްޓަ ނުދީ މިޝްކާއޮތް ރޫމާ ދިމާލަށް ގެންދިއުމަށް ސައުންގެ އަތުގައި ހިފިއެވެ. އަދި ހިނގައި ގަންނަމުން ބުންޏެވެ." އެކުދިން ގޮވައިގެން ނަވަލު ރެސްޓޯ ރެންޓަށް ދޭ! ކާއެއްޗެއް ދެވޭތޯ ބަލާތީ. އެކުދިން ނަށް ސަމާލު ވާތި. އަހަރެން މިޝްކާގެ އާއިލާއަށް ގުޅާނަށް''

ޒޯޔާ އަޑުގެ ކޮޅަށް މަންމަ މަރުވީ އަހަރެންގެ ސަބަބުންނޭ ގޮވަމުން ދިޔައެވެ. ނަވަލަށް ލިބެމުން ދިޔައީ އިތުރު ހައިރާން ކަމެވެ. ނަވަލުގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ހޯދަން ޒޯޔާއާއި ސުވާލު ކުރުން އެއީ މިދަނޑިވަޅުގައި ނަވަލު ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކުދިން މަސަލަސްކޮށް ކާއެއްޗެއް ދެވޭތޯ ބެލިއެވެ. ޒޯޔާ އިރުއިރުކޮޅުން މަންމަ މަރުވީ އަހަރެންގެ ސަބަބުންނޭ ކިޔައެވެ. ފެން ކޯވަރެއް ވެސް ދެވުނީ ނަވަލު އެތައް އާދޭހެއް ކޮށްގެނެވެ.
ނަވަލު: މަންމަ މަރުވީ ޒޯޔާގެ ސަބަބަކުން ނޫން . މަންމައަށް ހާޓް އެޓޭކެއް ޖެހުނީ. ސިކުނޑި އަށް ލޭ އެޅި ސިކުނޑި މަސައްކަތް ނުކުރުމުން ... ތިޔަހެން ނުކިޔާ މަންމަ ބުނިކަމެއް ޒޯޔާއަށް ނުކުރެވި އޮތީތަ. އެކަމާ ނުވިސްނާ މަރަކީ ފުރާނަ ލެއްވި ހުރިހާ އެއްޗެއްގެ ވެސް ނިމުން. ބައްޕަދެކެ ލޯބިވަމެއްނުން. ބައްޕައެހުރީ ވަރަށްދެރަވެފަ . ޒޯޔާމެން ނުކެއިމަ ބައްޕަ ދެރަވެގެން ގޮސް ކަމެއް ވެދާނެ ނޫން. ދައްތައަސްއެނގޭ ޒޯޔާ ބައްޕަ ދެކެ ލޯބިވާނެކަން .އެއްޗެއް ކައިގެން ބައްޕައަށް ވެސް ހިތް ވަރު ދެވޭނި. އަދި ކޮއްކޮއަށް ވެސް އަޅާލެވޭނީ. ކޮޢްކޮ ވަރަށް ރަނގަޅަށް ޒޯޔާ ބަލަން ވާނެ. ބައްޕައަށް އެހީތެރިވާތީ. މީ ޒޯޔާގެ ދައްތައެކޭ ދުރު މީހެއްނޫން . އަވަހަށް ކައިގެން ހިނގާ ބައްޕަ ކައިރިއަށް.

ޒޯޔާގެ މޫނާއި ދެލޯ ވަނީ ރަތް ވެފައެވެ. ފެންފޮދެއް ފިޔަވާ އެކައްޗެއް ވެސް އަނގައަކަށް ނުލިއެވެ. އިރުއިރުކޮޅުން ކިޔާހާވެސް އެއްޗަކީ މަންމަ މަރުވީ ޒޯޔާގެ ސަބަބުންނޭއެވެ.

ޒަލަފު ނަވަލުމެން ކައިރިއަށް އައެވެ. އަދި އެ ދެކުދިން ގޮވައިގެން ގެއަށް ދިއުމަށް އެދުނެވެ. އެކުދިންނާއި ދުރަށް ގެންދިއުމަށް ފަހު ބުންޏެވެ. އަހަރެން ހޮސްޕިޓަލުގައި ސައުންނާއި އެކުގައި މަޑުކުރާނަށް އެމީހުންނަށް މިޝްކާގެ ހަށިގަނޑު ހަވާލު ކުރެވޭ ވަރު ވާނީ މާދަމާ މެޝިނުގައި ވީމަ ވިންދު ކެނޑެން ވަގުތު ނަގާނެ. މިހާރު މާލެއާއި ވީ ކޮޅަށް ގުޅައިފިން. މިޝްކާގެ ބޭބެ މަހުޒޫމް މިރޭ ފުރާ ފުލައިޓުން އަންނާނެ. އެކޮޅަށް މިޝްކާގެ ހަށިގަނޑު ގެންދަން ބޭނުންތޯ ބުނުމުން މިޝްކާގެ ބޭބެ ބުނުންވީ ގެންނާނެ ކަމެއްނެތް ކަމަށް. އެފުރާނައެއް ނިމިގެން ދާނީ އެމީހެއްގެ ފަސްގަނޑުގައި ކަމަށް. އޭނަ މިރޭ ފުރާނަ މޯ! އެހެންވީމަ އެކުދިން ގޮވައިގެން މިތާ މަޑު ނުކޮށް ގެއަށް ގެންދޭ! ނިންދެވޭ ތޯ ބަލާތި! ސައުން ވަރަށް ސަކަރާތް . އޭނަ މިހާރު މޮޔަ އެއްޗެހި ވެސް ކިޔަނީ . ކުއްލިއަކަށް ޒަލަފުގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގުމުގެ ކުރިން ކާކުތޯ ބަލާލިއެވެ. "އާލިޔާ" ޒަލަފު ފޯނާ ދިމަ ބަލަހައްޓައިގެން ހުރީ ފޯނު ކެނޑޭނެ އިރެއްގެ އިންތިޒާރުގައެވެ.
ނަވަލު: ތިޔަ ހެދީ ރަނގަޅަށް އާލިޔާ ގާތު މިއިން އެއްވެސް ވާހަކައެއް ބުނެގެން ނުވާނެ. އޭނަ އެ އިނީ ވިހަންވެފަ. މިކަހަލަ ހިތާމަވެރި ޚަބަރެއް ލިބުމަކީ މިހާރު އެހާ ރަނގަޅު ކަމަކަށް ނުވާނެ.

އެހެން ބުނަމުން ޒީކު އާއި ޒޯޔާގެ އަތުގައި ހިފައިގެން ގެއަށް ދާން ހިގައިގަތެވެ.
ކޮންތާކަށް ތޯ ދަނީ ޒޯޔާ ސުވާލު ކުރިއެވެ. ގެއަށް ކަމަށް ބުނުމުން ނުދާނަމޭ ކިޔާ އަނެއްކާ ވެސް ބާރަށް ރޯން ފެށިއެވެ. "މަންމަ ކައިރިއަށް ދާން ބޭނުން .މަންމަ މަރެއް ނުވާނެ. ޒޯޔާ ބޭނުން މަންމަ. މަންމަ ނުދާނެ ޒޯޔާއާއި ކޮއްކޮ ދޫކޮށްފައި ބައްޕަ ކޮބާ؟ ބައްޕަ ކައިރީއަށް ދާނީ އެހެން ބުނަމުން އަތް ފޮޅުވާލުމަށްފަހު ޒޯޔާ ދުއްވައި ގަތެވެ. ޒަލަފު ޒޯޔާގެ ފަހަތުން ދިޔައެވެ. ސައުން ފެނުމާއެކުގައި ޒޯޔާ ގޮސް ބައްޕަގެ ގައިގައި ބެއްދިއެވެ.
ޒޯޔާ: މަންމަ ކައިރިއަށް ހިނގާ! މަންމަ މަރެއް ނުވާނެ! ބައްޕަ މަންމައަށް މާފު ކުރާތި.
ދެލޮލުން އޮހެން ތައްޔާރު ވެފައި ހުރި ކަރުނަތައް ފޮހެލަމުން "ބައްޕަ މަންމައަށް އަބަދުވެސް މާއާފް ކުރަން ދަރިފުޅުމެންގެ އުފަލަކި މަންމަ ކަން ބައްޕަ އަށް އެނގޭ! ނުރޮއި ދަރިފުޅާ! މަންމަ އެވަނި އެނބުރި އައުން ނުވާ ހާލަތުގައި ބައްޕައަށް މާއާފް ކުރޭ މަންމަގެ ފުރާނަ ސަލާމަތް ކުރަން ބައްޕަ ބޭނުން. ޑޮކުޓަރުން ވެސް ބޭނުން އެކަމަކު... ތަޤުދީރުގެ ޕުލޭން އެވަނީ ފުރިހަމަ ވެފައި މަންމަ ދެން ނާންނާނެ . މަންމައަށް ހެޔޮ ދުއާކުރުން ދެން އޮތީ" އެހެން ބުނަމުން ޒޯޔާ ގެނެސް ގަޔާލައި ބޮނޑި ކޮއްލަމުން ނިންކުރީގައި ބޮސް ދިނެވެ.

އޭރު ނަވަލު ޒީކު ގޮވައިގެން އާދެއެވެ. ސައުން ދުއްވައި ގަތެވެ. ނަވަލުގެ އަތުން ޒީކު ޖަހައި ގަނެގެން އޮލުލަމުން ރޯން ފެށިއެވެ. ހަތަރު އަހަރުގެ ޒީކު، އިރުއިރު ކޮޅާ މަންމަ ކައިރިއަށް ދާން ގޮވަމުން ދިޔައެވެ. "މަންމި ކޮބާ ބައްޕާ!" މިފަހަރު ޒީކުގެ ލޯ ވަނީ ފެންކަޅި ވެފައެވެ. ބައްޕަގެ ލޮލުން އޮހޮރެމުން ދިޔަ ކައުނައިން އެމައުސޫމު ހިތަށް އަސަރު ކުރިއެވެ. އެއް ފަހަރު ޒޯޔާއަށް އަނެއްފަހަރު ސައުންގެ މޫނަށް ބަލާލުމަށްފަހު ތުން ފިއްތާލިއެވެ. "މަންމީ ކައިރިއަށް ކޮއްކޮ ދާން ބޭނުން ކޮބާ މަންމީ" އެކުދިންގެ މަންމަ އެކުދިންނަށް ދައްކަން ސައުން ވެސް ބޭނުމެވެ. އެހެނަސް މިޝްކާ އޮތް ހާލު ފެނުމުން އެ ދެކުދިންނަށް ކުރާނެ އަސަރަށް ޓަކައި އެ ކުދިންނަށް މަންމަ ދައްކާކަށް ޑޮކުޓަރުން ވެސް ހުއްދައެއް ނުދިނެވެ. ވުމާއެކު އެކުދިންނަށް މަންމަ ކައިރިއަށް ދެވޭނެ ގޮތެއް ނުވިއެވެ. ޒަލަފު ސައުންގެ އަތުން ޒީކު އަތުލުމަށްފަހު ނަވަލު އާއި ހަވާލު ކުރިއެވެ. އަދި ޒޯޔާއާއި ދެކުދިން ގޮވައިގެން ކާރަށް އަރުވަން ދިޔައެވެ. ސައުން ނާންނާތީ ޒީކު ރޮމުން ދިޔައެވެ. "ބައްޕަ ކައިރިއަށް ދާން" ގޮވަމުން ދިޔައެވެ.

ފަތިސް ވަގުތު މިޝްކާގެ ބޭބެ އައެވެ، ކަންތައް ވީގޮތް އަހާ އޮޅުން ފިލުވިއެވެ. އާލިޔާއާއި ސައުން ކައިވެނި ކުރިފަހުން ކޮންމެސް ވަރަކަށް އެ ދެ އާއިލާގެ މެދުގައި ގުޅުން ވަނީ ހީނަރު ވެފައެވެ. ކުރިން އޮތް ގުޅުމަށް ބަދަލެއް ނައިސް ކުރީގެ ގާތްކަން އޮތް އެކަކީ މިޝްކާގެ ދޮށީ ބޭބެ މަހުޒޫމެވެ. މަހުޒޫމު އަބަދުވެސް ސައުންނަށް އިތުބާރު ކުރެއެވެ. މަހުޒޫމަށް ހުރިހާ ކަމެއް އެނގެއެވެ. މިޝްކާގެ އުޅުން އިޞްލާހު ކުރުމަށް ހުރިހާ ނަޞޭހަތެއް ދިނީ މަހުޒޫމެވެ، ދިމާވާ ހުރިހާ ކަމެއް މަހުޒޫމާއި ސައުން ހިއްޞާކުރެއެވެ. މަހުޒޫމަކީ ސައުންގެ ކުލާސްމޭޓެކެވެ. ހަޤީގަތުގައި މިޝްކާއާއި ސައުންގެ ގުޅުން ފެށުނީ މަހުޒޫމް އާއި ސައުންނާއި ދެމެދުގައި އޮތް ގާތް ކަމުގެ ތެރެއިންނެވެ.

މިޝްކާ އިސްލާހު ކުރުމަށް ޓަކައި އާލިޔާއާއި ކައިވެނި ކުރުމުގެ ވިސްނުން އިންދައި ދިން މީހަކީވެސް މަހުޒޫމެވެ. މަހުޒޫމުގެ ވިސްނުމަކީ އަގުހުރި މުދަލެއް ބީވެ ދިއުމުން އެވާ އިހުސާސް މިޝްކާއަށް ކުރުވުމެވެ. އަދި އެނބުރި ސައުންގެ ހަޔާތަށް އޭނާ އަލުން އައުމަށް މަޖުބޫރު ކުރުވުމެވެ. އެކަން މަހުޒޫމަށް ކާމިޔާބު ވިއެވެ. އެހެނަސް...

އައިސީޔޫގެ ތެރެއަށް މަހުޒޫމު ވަންއިރު ވެސް ހުރީ ފެންކަޅި ވެފައެވެ. މިޝްކާގެ ވިންދު ކެނޑެމުންދާ ހަށި ގަނޑު ފެނުމުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހޮރިގަތެވެ. ފުރާނަ ނެތް ހަށިގަނޑުގައި އޮޅުލަމުން ރޮމުން ދިޔައެވެ. އުމުރު ކުރު ކޮއްކޮގެ އެތައް ހަނދާނަކާއި މެދު ވާހަކަ ދައްކަމުން މާއާފް ކުރާށޭ ކިޔާ ރޮމުން ދިޔައެވެ. މިޝްކާގެ މޫނުގައި ބޮސްދެމުން ސައުންގެ ކިބައިން މިޝްކާއަށް ކުށެއް ކުރެވިފައި ވާނަމަ މައާފް ކޮށްދިނުމަށް އެދެމުން ދިޔައެވެ. މަހޫޒޫމުއާއި އެންމެ ގާތުގައި ހުރީ ސައުންނެވެ.

ސައުންނަށް އޭނާގެ ހަޔާތުގެ ބައްތި މުޅިން ނިވުނީ ކަމަށް ދެކުނެވެ. ދިރިއުޅުމާއި ކައިވެނީގެ ލޯތްބާއި އަރާމުން މަހުރޫމްވެ ބީވެ ދިޔައީއެވެ. ޅައިރުގެ ހަދާންތައް ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. މަންމަ ނިޔާވި ދުވަހުގެ ހަނދާންތައް ހިތަށް ތަދު ކުރަމުން ދިޔައެވެ. ކައިވެނީގެ ހަޔާތުން ކުރަން ޖެހުނު ހިތި ތަޖުރިބާ ތަކެވެ. މިޝްކާއާއި އެކުގައި ހޭދަ ކުރި ކުރީގެ ލޯބިވެތި ދުވަސްތަކެވެ. މަހުޒޫމުގެ ކޮނޑުގައި ހިފާ ނަގަމުން މަހުޒޫމުގެ ގައިގައި ސައުން ހިފައި ގަތެވެ. ރޮމުން މާއާފަށް އެދުނެވެ. މިޝްކާއާއި މެދު ސައުންނަށް ގޯސްކޮށް ކަމެއް ކުރެވިފައި އޮތް ނަމަ މާއާފް ކޮށްދިނުމަށެވެ. (ނުނިމޭ)