ދުނިޔެ

މިސްރު ސަރުކާރުން ހިއުމަން ރައިޓްސް އެޑްވޮކޭޓްސްއަށް ފުރައްސާރަކުރޭ: ޔޫއެންއެޗްސީއާރް

ހިއުމަން ރައިޓްސް އެޑްވޯކޭޓުންނަށް މިސްރުގެ ސަރުކާރުން ފުރައްސާރަ ކުރާ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ޔޫއެންއެޗްސީއާރުން ބުނެފި އެވެ.

ސީސީގެ ސަރުކާރުން ހިއުމަން ރައިޓްސްގެ އެޑްވޮކޭޓްސްގެ މައްޗަށް ދައުވާކޮށް، އެފަދަ ޖަމިއްޔާތައް އުވާލާތީވެ ޔޫއެންއެޗްސީ އާރް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މިސްރުގެ ސަރުކާރުން ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތައް އުވާލައި ވަކި ވަކި ފަރުދުން ގެ އެސެޓުތައް ވެސް ހިފާފަ އެވެ.

ޔޫއެންއެޗްސީއާރްގެ ކޮމިޝަނަރު ކަންބޮޑުވުން ފާޅު ކުރެއްވީ މިސްރުގައި ދެ ހިއުމަން ރައިޓްސް އެޑްވޮކޭޓްސްގެ ޝަރިއްޔަތްތަކާއި ދިމާކޮށެވެ. މި ޝަރިއްޔަތާއި ބެހޭ ގޮތުން، ރިޕޯޓު ކުރުން ވަނީ ނޫސްވެރިންނަށް މަނާކޮށްފައެވެ. އަދި ޝަރިއްޔަތަށް މީޑިއާގެ ފަރާތުން ހާޒިރުވުންވެސް މަނާކޮށްފައެވެ.

މިކަމާއީ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވެފައިވަނީ މިއީ މިސްރުގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ސިވިލް ރްއިޓްސްއަށް ހުރަސް އަޅުމުގެ އަމަލެއް ކަމަށެވެ.