ޗައިނާ

ޗައިނާގައި ކޯލް މައިން އެކްސިޑެންޓެއް ހިނގައި 19 މީހުން މަރުވެއްޖެ

ޗައިނާގެ ކޯލް މައިން އެއްގައި އެކްސިޑެންޓެއް ހިނގައި 19 މީހުން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މި މައިނަކީ ޝަންޒީ ޑޭޓޮންގް ކޯލް މައިން ގްރޫޕުން ހިންގާ މައިން އެއް ކަމަށްވެ އެވެ. މިއެކްސިޑެންޓް ހިނގިއިރު އެ މައިނުގައި 129 މީހުން ހަރަކާތްތެރި ވަމުން ދިޔަ ކަމަށާއި 110 މީހުން ރައްކާތެރިކަމާއެކު ސަލާމަތް ކުރެވުނު ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބު އަދި ނޭނގެ އެވެ. އެހެން ނަމަވެސް ގޭސް ލީކު ވެގެން ހިނގި އެކްސިޑެންޓެއް ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޯލް މަިއންތައް ގޮވައިން އެކްސިޑެންޓްތައް ހިނގުމަކީ ޗައިނާގައި އާއްމު ކަމެކެވެ. ސަރުކާރުން މިވަނީ މިފަދަ ވޯކިންގ ސަިޓުތަކުގައި ރައްކާތެރިކަން އިތުރުކުރމަށް ގޮވާލާފަ އެވެ.

މިމަހުގެ ކުރީކޮޅުވެސް ޗައިނާގައި ކޯލް މައިން އެކްސިޑެންޓެއް ހިނގާ 12 މީހުން ވަނީ މަރުވެފަ އެވެ.