ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)

މައުޒަރުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭ ގޮތް ހަދައިފި

0%
0%
0%

ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭ ގޮތް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހަމަޖައްސައިފި އެވެ.

ބީސީސީ އިން ބުނީ މައުރަޒުގައި ބައިވެރިވާ ކޮންމެ މީހަކަށް 15 ބާވަތެއްގެ އުފެއްދުން ބައިވެރި ކުރެވޭ ގޮތަށް އޮތް އުސޫލު ބަދަލުކޮށް ބޭނުން އަދަދަކަށް ތަކެތި ބައިވެރި ކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި އޮންނާނީ މެއި 23 އިން 30 އަށް ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ހުޅުވާލާފަ އެވެ.

މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މައުރަޒުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި އަތްތެރި މަސައްކަތް، ދަނޑުވެރިކަން، މަސްވެރިކަން، ދަތުރުފަތުރު، އިމާރާތްކުރުން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އުފެއްދުންތެރި ކުރެހުމާއި ފަރުމާކުރުން ހިމެނެ އެވެ.

މީގެ އިތުރުން ފެޝަން އެންޑް ޑިޒައިން، ޖުވެލަރީ އެންޑް އެކްސަސަރީޒް، ހަކަތަ، ކާބޯތަކެތި، މެޝިނަރީ އެންޑް އިކްއިޕްމަންޓްސް، ލަކުޑީގެ އުފެއްދުންތައް، ބަހުގެ އުފެއްދުންތައް އަދި އެހެނިހެން އުފެއްދުންތަކުގެ ކެޓަގަރީ އިން މައުޒަރުގައި އުފެއްދުންތައް ބައިވެރި ކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345