މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ނުކުޅެދުންތެރިކަން ހުންނަ މީހުން މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

ފަރުމަ އިންޓަނޭޝަނަލް އާޓް ފެސްޓިވަލްގައި މީހަކު އުފައްދާފައިވާ އުފެއްދުންތަކެއް ދައްކާލަނީ -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން އެދޭ މީހުން އެކަމަށް ހާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ ކަމަށެވެ.

މި މައުރަޒުގައި ބައިވެރިވުމަށް އެޕްލައި ކުރާނީ އީފާސް އެކައުންޓް ބޭނުންކޮށްގެން ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މައުރަޒުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓެގަރީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން މައުޒަރުގައި ބައިވެރިވާން ޝައުގުވެރިކަން ހުރި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަނެއް މިރޭ 9:30 ގައި އުމަރު ޒާހިރު އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އިން ބުނެފައިވެ އެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އޮންނާނީ މޭ މަހު ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345