އިސްލާމިކް މިނިސްޓްރީ

ހާފިޒުންނަށް ދަސްވެނިވުމުގެ ރަސްމިއްޔާތެއް ފުރަތަމަ ފަހަރަށް ބާއްވައިފި

0%
0%
0%

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޒުންގެ ދަސްވެނިވުން ފުރަތަމަ ފަހަރަށް ބާއްވައި، ހަނދާނީ ލިޔުން ދެއްވައިފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮތް މިރަސްމިއްޔާތުގައި ހާފިޒުންނަށް ހާފިޒު ކަމުގެ ސެޓްފިކެޓް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

ޖުމްލަ 24 ހާފިޒުން ދަސްވެނިވި ނަމަވެސް މިރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރީ 22 ހާފިޒުންނަށެވެ.

މިރަސްމިއްޔާތުގައި ވަނީ ކޮންމެ ރޯދަ މަހެއްގެ 27 ވިލޭރޭ، ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާ މީގެ ފަހުން އޮންނާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ޙާފިޡުން އުފެއްދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދެ އެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށްވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި ހާފިޒުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައިވެސް މިސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ޒަކާތު ފަންޑުން ހަރަދުކޮށްގެން މީގެކުރިން ބާއްވަމުން ދިޔަ މުބާރާތަކަށްވީ ނަމަވެސް ރައީސް މުއިއްޒު ވަނީ މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބާއްވާ މުބާރާތަކަށް ހެދުމަށް ނިންމަވާފަ އެވެ. މި މުބަރާތުގެ އިތުރުން ހާފިޒުންނަށް ހާއްސަ މުބާރާތެއް މިއަހަރު ބޭއްވުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910