ކްރޮސް ރޯޑް މޯލްޑިވްސް

ކްރޮސްރޯޑްސް މޯލްޑިވްސްގައި "އީދު ކޯޑި ޕެރޭޑް" އާއެކު ފޯރިގަދަ ހަރަކާތްތަކެއް

ކްރޮސްރޯޑްސް މޯލްޑިވްސްގައި މީގެ ކުރިން އީދު ފާހަގަކުރަނީ -- ފޮޓޯ: ކްރޮސްރޯޑްސް
0%
0%
0%

މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ކްރޮސްރޯޑްސް މޯލްޑިވްސްގައި ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"އީދު ކޯޑި ޕެރޭޑް" ގެ ނަމުގައި ބާއްވާ މި ހަރަކާތް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

ބޮޑުބެރާއި މާލި ފެނިގެންދާ މި ޕެރޭޑް އޮންނާނީ އެ ދުވަހުގެ ހަވީރު 4:30 އިން އިރުއޮއްސި 6:00 އަށެވެ.

ޕެރޭޑް ކުރިއަށްދާނީ ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ބީޗުން ފެށިގެން ސައި ބީޗް ކްލަބާ ހަމައަށެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މީގެ ކުރިން އީދު ފާހަގަކުރަނީ -- ފޮޓޯ: ކްރޮސްރޯޑްސް

ކްރޮސްރޯޑްސް މެރީނާއަށް ޒިޔާރަތްކުރާ މީހުންނަށްވެސް މި ޕެރޭޑްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕެރޭޑް ގަޑީގައި ބީޗް ކްލަބަށް ވަންނަން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ކްރޮސްރޯޑްސް އިން ވަނީ ބުނެފަ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މީގެ ކުރިން އީދު ފާހަގަކުރަނީ -- ފޮޓޯ: ކްރޮސްރޯޑްސް

މީގެ އިތުރުން ކުޑަ އީދު ފާހަގަކުރަން އީދުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ސައި ބީޗް ކްލަބްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މިއީ ކުޑަކުދިންނާއި އާއިލާ އަދި ރައްޓެހިންނާއެކުވެސް ބައިވެރިވެވޭ ހަރަކާތްތަކެކެވެ.

އީދުގެ ފުރަތަމަ ދުވަސް

  • ހެނދުނު 11:30 އިން 12:15 އަށް – އަކުއާ ޒުމްބާ
  • ހަވީރު 3:00 އިން 6:00 އަށް – ޕޫލް ވޮލީ
  • ހަވީރު 4:00 އިން 6:00 އަށް – ވޯޓާ ޕޯލާ
  • ހަވީރު: 4:30 އިން 6:00 އަށް – ކޯޑި ޕެރޭޑްއާއެކު ފެމިލީ ޕޫލް ޕާޓީ ލައިވް ޑީޖޭ އަދި އަކުއާ ފަން
  • ހަވީރު: 5:00 އިން 6:00 އަށް – ބީޗް ވޮލީ
ކްރޮސްރޯޑްސް މޯލްޑިވްސްގައި މީގެ ކުރިން އީދު ފާހަގަކުރަނީ -- ފޮޓޯ: ކްރޮސްރޯޑްސް

އީދުގެ ދެވަނަ ދުވަސް

  • ހެނދުނު 11:30 އިން 12:15 އަށް – އަކުއާ އެރޮބެޓިކްސް
  • ހަވީރު 3:00 އިން 6:00 އަށް – ޕޫލް ވޮލީ
  • ހަވީރު 4:00 އިން 6:00 އަށް – ވޯޓާ ޕޯލާ
  • ހަވީރު: 4:30 އިން 5:00 އަށް – ކިޑްސް ބަބުލް ޝޯ ލައިވް ޑީޖޭއާއެކު
  • ހަވީރު: 5:00 އިން 6:00 އަށް – ފެމިލީ އެމޭޒިން ރޭސް ގޭމްސް ލައިވް ޑީޖޭއާއެކު

މީގެ އިތުރުން ސައި ލެގޫން މޯލްޑިވްސްގައި ގާއިމުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ޖީޒެޑް19 ޕަޑެލް ޓެނިސް ކޯޓުން އީދުގެ ފުރަތަމަ ދެ ދުވަހު 50 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ ކަމަށް ކްރޮސްރޯޑްސް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

ޕަޑެލް ޓެނިސް ކޯޓު ބުކް ކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ.

ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް ދަތުރު ބުކްކުރެވޭނެ އެވެ.

ކްރޮސްރޯޑްސްއަށް ދާން ބޭނުންވާ މީހުން ބުކިން ހެދުމަށް އަދި އިތުރު މައުލޫމާތު ކްރޮސްރޯޑްސް މޯލްޑިވްސްގެ ހޮޓްލައިން 6651200 ނުވަތަ 7307000 އަށް ގުޅުމުން ލިބޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910