ފިތުރު އީދު ނަމާދު މާލެ ސަރަހައްދުގައި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމާއި އަދި ވިލިމާލޭގެ ބޯޅަދަނޑުގަ އެވެ.
މީގެ އިތުރުން މިސްކިތްތަކުގައިވެސް އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މާލެ ސަރަހައްދުގައި ފިތުރު އީދު ނަމާދުކުރާ ތަންތަން
- މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް) - މާލެ
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު) - މާލެ
- މަސްޖިދުލްމަލިކި ސަލްމާން - މާލެ
- މަސްޖިދުލްފުރުޤާން - މާލެ
- މަސްޖިދުއްނޫރު - މާލެ
- މަސްޖިދުއް ޝަޙީދު ޢަލީ - މާލެ
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) - މާލެ
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް) - މާލެ
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) - މާލެ
- މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) - މާލެ
- މަސްޖިދު ޞަލާޙުއްދީން - މާލެ
- މަސްޖިދު ޖަލާލުއްދީން - މާލެ
- މަސްޖިދު އިބްރާހީމް - މާލެ
- މަސްޖިދު އިސްކަންދަރު - މާލެ
- ވަގުތީ މިސްކިތް ( ބޮޑުގެ ) - މާލެ
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް) - މާލެ
- މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) - މާލެ
- މާފަންނު އާމިސްކިތް - މާލެ
- ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު) - ވިލިމާލެ
- މަސްޖިދުއްސަލާމް - ވިލިމާލެ
- ހުޅުމާލެ ބޮޑުޖަމާޢަތް ( ސިންތަޓިކް ޓްރެކް) - ހުޅުމާލެ
- މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1) -
- މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
- މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
- ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
- މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
- މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
އިސްލާމިކް މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑުޖަމާއަތް ކެންސަލްވެއްޖެނަމަ މާލެ ސިޓީގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
ރާއްޖޭގައި އީދު ނަމާދުކުރަން ފަށާ ގަޑި، މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން ވަނީ ހެނދުނު 7:00 އަށް އަވަސްކޮށްފަ އެވެ.